ޝަލަބީ އާއި އެކު މާދަމާ ފުވައްމުލަކު ތުނޑީގައި އުރީދޫ މާހެފުން

އުރީދޫގެ ފަރާތުން ހާއްސަ މާހެފުމެެއް މާދަމާ ފުވައްމުލަކު ތުނޑީގައި ބާއްވަން ނިންމައިފިއެވެ.

 މާދަމާ ހެނދުނު 8 އިން ފެށިގެން ހަވީރު 6 ޖަހަންދެން ކުރިއަށްގެންދާ މާހެފުމުގެ ހަރަކާތުގައި މޯލްޑިވިއަން އައިޑޮލްގެ ތަރި ޝަލަބީ އިބްރާހިމް ބައިވެރިވާނެއެވެ. އުރީދޫން ބުނީ މާދަމާގެ މާހެފުމުގެ ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަ މަޑިއެރުވުމުގެ ހަރަކާތަކާއި، ފުޑް ފެސްޓިވެލްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މާދަމާ ހަވީރު 4 ޖަހާއިރު އުރީދޫގެ ވަރަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އުރީދޫ މާހެފުން ހަރަކާތަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ ހަރަކާތެކެވެ. މާދަމާގެ މި މާހެފުމުގެ ހަރަކާތުގައި ވީހާވެސްް ގިނަ ބަޔަކު ބައިވެރިވުމަކީ އުރީދޫގެ ވަރަށް ބޮޑު އެދުމެއްކަމަށް އުރީދޫއިން ބުނެއެވެ. 

ފުވައްމުލަކު ތުނޑީގައި ކޮންމެ ރަމަޟާން މަހާއި ދިމާކޮށް އޮންނަ މާހެފުމުގެ ހަރަކާތަކީ އިޖްތިމާއީ ގުޅުމުގެ އާދަޔާ ހިލާފު މިސާލެއް ފެނިގެންދާ އިޖްތުމާއީ ބޮޑު އެއްވުމެކެވެ. އެތައް ސަތޭކަ ބަޔަކު އެއްވެ މޫދަށް އެރި ކައިބޮއި ހަދާ އެކުވެރިކަމުގެ ލާމަސީލު މިސާލެއް ފެނިގެންދާ ހަރަކާތެކެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު ފުވައްމުލަކުގައި އޮންނަ މާހެފުމުގެ ހަރަކާތަކީ ވަރަށް ފޯރިގަދަކޮށް ކުރިއަށްގެންގޮސްފައިވާ ހަރަކަތެއްކަން ފާހަގަވެއެވެ.


 


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...