ރަށު މާރުކޭޓު ގޮޅިތައް ކުއްޔަށްދީފި

- ހުޅުމާލޭ ލޯކަލް މާރުކޭޓް -

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒަޢާމަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި ތަރައްގީ ކުރި ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށްދޫކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ހޯއްދަވައި ދެއްވުމަށްޓަަކައި ފެއްޓެވި މަޝްރޫޢުތަކުގެ ތެރެއިން ހުޅުމާލޭގައި ގާއިމް ކުރަން ފެށި ލޯކަލް މާރުކޭޓަކީ ފާހަގަ ކޮށްލެވޭ މަޝްރޫއެކެވެ. މާލޭއެކޭ އެއްގޮތަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހީދުމަތްތަކުގެ ތެރޭގައި ލޯކަލް މާރުކޭޓެއްގެ ހިދުމަތް ހިމެނޭއިރު، ރައީސް ޔާމީންގެ ޒައާމަތުގައި ލޯކަލް މާރުކޭޓުގެ މަސައްކަތް ނިންމުމަށްޓަަކައި އޭރު އެޗްޑީސީއިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން އެޗްޑިސީއިން ހުޅުމާލޭގައި ގާއިމްކުރާ ލޯކަލް މާރުކޭޓްއާއި ފުޑް ކޯޓުގެ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅުގައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. ލޯކަލް މާރުކޭޓް ޙާއްސަ ކޮށްފައިވަނީ މަހުގެ ބާވަތްތަކަށާއި ރާއްޖޭގައި އުފައްދާ ބާވަތްތަކަށެވެ. މަހުގެ ބާވަތްތަށްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ބަންދުކުރެވިގެންނެވެ. އެންމެ ޒަމާނީ ފެންވަރުގައި އިމާރާތްކުރާ އެ ލޯކަލް މާރުކޭޓު ވެގެންދާނީ ހުޅުމާލެ އަދި މާލޭގައި ގާއިމްކުރެވޭ އެންމެ ފެންވަރު ރަނގަޅު އެންމެ ޒަނާމީ ލޯކަލް މާރުކޭޓަށެވެ.

ފަސްދޮޅަސް ތިން ސްޓޯލް ހިމަނައިގެން ގާއިމް ކުރާ އެ ލޯކަލް މާރުކޭޓުގައި އަށް ފުޑް ސްޓޯލްގެ އިތުރުން ކުނި ނެގުމަށްޓަކާ ވަކިން ޙާއްސަ ސްޓޯލެއް ވަސް ވަނީ ގާއިމްކޮށްފައެވެ. ލޯކަލް މަރުކޭޓްގެ މަސައްކަތް މިދިޔަ ސަރުކާރުން ބާރު ސްޕީޑެއްގައި ކުރިއަށްދިޔައިރު ހަތްދިހަ ދެ އިންސައްތައިގެ މަސައްކަތް އޭރު ވަނީ ނިމިފައެވެ. އަދި އޭރު ނުނިމި ބާކީ އޮތް މައިގަނޑު މަސައްކަތަކީ އިމާރާތުގައި އަތުރާލަންޖެހޭ ތަކެތި އަތުރާލުމުގެ މަސައްކަތެވެ.

ރަށު މާރުކޭޓުގެ ނަމުގައި ގޮޅިތައް ކުއްޔައްދެނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ފުރަތަމަ ބުރުގައި 42 ފަރާތަކަށް ގޮޅިތައް ވަނީ ކުއްޔަށްދީފައެވެ. ރަށު މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ނެގުމަށް 871 ފަރާތަކުން ކުރިމަތިލިއިރު ރަށު މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލި ފަރާތްތައް ހޮވާފައިވަނީ ގުރުއަތުން ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެއް ފަސްގަނޑަކަށް އާބާދުވަމުން އަންނަ ހުޅުމާލެ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން ދިރިއުޅެމުން އަންނަ ސިޓީއެކެވެ.

އެ ސިޓީގައި އެކި ދާއިރާތަކުން މާލޭއިން ލިބޭ ފެންވަރުގެ ހިދުމަތްތައް ފަހި ކުރުމަށްޓަކައި މިދިޔަ ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ކުރީ ސަރުކާރުން ފައްޓާފައިވާ މަސައްކަތްތައް ނިންމެވުމަށްޓަކައި ރައީސް ސޯލިހު މަސައްކަތް ނުކުރައްވާ ކަމީ ހުޅުމާލޭކޭ އެއްފަދައިން ރާއްޖޭގޭ އެހެން ރަށްރަށްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް ކުރާ ޝަކުވާއެކެވެ. ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ އެކިއެކި ޕްލޭންތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިޔަކަން ހަމަ އެކަނި ހުޅުމާލެއަށް ބަލާލުމުންވެސް އެނގި ހާމަވެއެވެ. އެއާ ޚިލާފަށް މިހާރު ތަރައްގީގެ ދުވެލި އެއްކޮށް މަޑުޖެހިއްޖެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...