އަހަރެންނަކީ ކާކުކަން އޮޅިފައެއް ނެތް- ދިޕިކާ

އިންޑިއާގައި މިހާރު ކުރިއަށްދާ ޕާލިމެންޓް އިންތިޚާބުގައި ފޯރީގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ އެތައް ބަޔަކު ވޯޓުލަމުން އަންނައިރު، ބަތަލާ ދިޕިކާވެސް ވަނީ ހޯމަ ދުވަހު ވޯޓުލާފައެވެ.

އެއަަށްފަހު ދިން އިންތަރވިޔުއެއްގައި އޭނާ ވަނީ ވޯޓުލުމުގެ ހައްޤު އަދާކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އޭނާ ވަނީ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެއްގެ ޖަވާބުވެސް ދީފައެވެ.

އެއީ އޭނާގެ ރަށްވެހިކަން އޮތް ޤައުމަކާއި ގުޅޭގޮތުން މީހުން ކުރާ ސުވާލެވެ. ދިޕިކާ އުފަންވީ ޑެންމާކްގައި ކަމަށާއި، އޭނާ އަކީ އެގައުމުގެ ރައްޔިތެއް ކަމަށް ބައެއް މީހުން ބުނެއެވެ.

ދިޕިކާ ބުނެފައިވަނީ އޭނާގެ އަސްލަކީ ކޮބައިކަން އޮޅިފައިނުވާ ކަމަށާއި، އޭނާ އަކީ އިންޑިއާގެ ރައްޔިތަކަށް ވީތީ ފަހުރުވެރިވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...