އެކްސިޑެންޓެއްގައި ކުޅުންތެރިޔާ ޖޯސެފް މަރުވެއްޖެ

ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި ޗެކްރިޕަބްލިޕްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެމުން އައި ކުޅުންތެރިޔާ ޖޯސެފް ސޫރަލް މަރުވެއްޖެއެވެ.

ސޫރަލް މަރުވިއިރު އޭނާ އުމުރަކީ 28އެވެ. އޭނާ މަރުވެފައިވަނީ ހޯމަ ދުވަހު އެކުވެރިންތަކަކާއެކު ތުރުކީގައި ދަތުރުކޮށްފައި ދަނިކޮށް ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާއި ގުޅިގެން އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ، ސޫރަލް އޭނާގެ ޓީމުގެ ކުޅުންތެރިންނާއެކު މެޗެއް ކުޅެ ނިންމާފައި އެނބުރި ދިޔަ މަގުމަތީގައި އެމީހުން ދަތުރު ކުރި ވީއައިޕީ މިނީ ބަސް އެކްސިޑެންޓް ވެގެންނެވެ.

އެ ހާދިސާގައި އަނިޔާވި އެހެން ކުޅުންތެރިންގެ ތެރޭގައި، އިންގްލޭންޑް އިންޓަނޭޝަނަލްގެ ސްޓީވަން ކައުލްކާ އާދި، ކުރިން ނިއުކާސަލް ޔުނައިޓެޑްގެ ސްޓްރައިކަރ ޕަޕިސް ކެސީ ހިމެނެއެވެ.

ޖޯސެފް މަރުވުމާއެކު ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކު އަންނަނީ އެކަމާ ހިތާމަ ފާޅު ކުރަމުން. ޖޯސެފް ވަނީ، ޗެކްރިޕަބްލިކްގެ ގައުމީ ޓީމަށް 20 މެޗު ކުޅެދީފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...