ދަތް އުނގުޅާ ބުރުސް ބަދަލު ކުރަނީ ކިތައް ދުވަހުން؟

ދުވާލަކު 2 ފަހަރު، 2 މިނެޓް ވަންދެން ދަތް އުނގުޅުމަކީ ދަތްޕިލަ ރީތިކޮށް ބެހެއްޓުމަށްޓަކައި ވަރަށް މުހިއްމު ކަމެއްކަން ޑެންޓިސްޓުން ވަނީ އަހަރުމެންނަށް ކިޔައިދީފައެވެ.

އެހެންނަމަވެސް ދަތް އުނގުޅާ ބުރުސް ބަދަލު ނުކޮށް ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް، ބުރުސް ބަދަލު ކުރުމަކީ  ކިހާ މުހިއްމު ކަމެއްކަން ގިނަ މީހުންނަކަށް ނޭނގެވެ. ގިނަ ދުވަސް ވެގެން ބުރުހުގެ ނަރުތައް ހަލާކުވެއްޖެ ނަމަ، ދުވާލަކު 2 ފަހަރު ދަތް އުނގުޅި ނަމަވެސް އެކަމުގެ ހަޤީޤީ ފައިދާ ނުލިބިދާނެއެވެ.

ޑެންޓިސްޓުން ލަފާ ދޭ ގޮތުގައި ކޮންމެ 3 މަހުން އެއް ފަހަރު ދަތްއުނގުޅާ ބުރުސް ބަދަލު ކުރަން ވާނެއެވެ. ބުރުސް ބަދަލު ކުރަން ހަނދާން ކުރަން އުނދަގޫނަމަ، ބުރުސް ގަންނަ ދުވަހު، ނުވަތަ ބޭނުން ކުރަން ފަށާ ދުވަހު، އެ ތާރީހު ނޯޓް ކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ދަތް އުނގުޅާއިރު އަނގައިގައި ހުންނަ ޖަރާސީމުތަކުގެ އަސަރު ބުރުހަށް ކުރާނެއެވެ. ދެން އުފެދޭ ސުވާލަކީ ބައްޔެއް ވެއްޖެނަމަ، އަލުން ބުރުސް ބަދަލު ކުރަން ޖެހޭނެތޯއެވެ؟ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. ބަލިވާ ކޮންމެ ފަހަރަކު އަދި ބުރުސް ބަދަލު ކުރަން ނުޖެހޭނެ ކަމަށް ތަޖުރިބާކާރު ޑެންޓިސްޓުން ބުނެއެވެ.

" އަނގައިގައި ހުންނަ ބެކްޓީރިއާއަށް ތެތް ކަމެއް ނެތް ތަނެއްގައި ނޫޅެވޭނެ. މާނަ އަކީ ބުރުސް ރަނގަޅަށް ދޮވުމަށްފަހު އެ ރަނގަޅަށް ހިއްކައިފި ނަމަ، ބުރުހުގައި ހުންނަ ބެކްޓީރިއާތައް މަރުވާނެއޭ. " ޑެންޓިސްޓަކު ކިޔައިދިނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...