ޖެނިފާ އެނގެނީ ކިހާވަރަކަށް؟

ޖެނިފާ ވިންގެޓް. އޭނާ އަކީ އިންޑިއާގައި ވަަރަށް މަގްބޫލު ޓީވީ ތަރިއެއް.

ޖެނިފަރ ވިންގެޓް ދިވެހިންގެ ތެރެއަށް އެންމެ މަގްބޫލްވެގެން ދިޔައީ ސްޓަރ ޕްލަސްއިން ދެއްކި "ކަސޯޓީ ޒިންދަގީކޭ"އިންނެވެ.

ދިލްމިލްގަޔޭ އަކީވެސް ބެލުންތެރިންގެ ލޯބި ޖެނީ ހޯދި ޓީވީ ޝޯއެކެވެ. މީގެ އިތުރުން ސަރަސްވަތީޗަންދްރަ އަދި ބޭހަދްއިންވެސް ބެލުންތެރިންގެ ލޯބި ޖެނިފާއަށް ވަނީ ލިބިފައެވެ.

މިލިޔުމުގައި މިހިމަނާލަނީ ޖެނިފާއާއި ބެހޭގޮތުން ބައެއް މައުލޫމާތެވެ.

ޖެނިފާ އުފަންވެފައިވަނީ، 1985 ވަނަ އަހަރުގެ މޭމަހުގެ 30 ވަނަ ދުވަހުއެވެ. ޖެނިފާ އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިގެންގޮސްފައިވަނީ އޭނާގެ އުމުރުން އެންމެ 12 އަހަރުގައެވެ. އެއީ "ރާޖާކީ އާއޭގީ ބާރާތު" ފިލްމުގައި ކުޑަކުއްޖެއްގެ ރޯލުންނެވެ. އޭގެފަހުން އުމުރުން 14 އަހަރުގައި ފިލްމު "ކުޗްނާކަހޯ"އިންވެސް ޖެނީ ވަނީ ފެނިގެންގޮސްފައެވެ. އީސްޓަރން އައިއިން 2012 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުން ޖެނިފާއަށް ވަނީ 21 ވަނަ ލިބިފައެވެ. 

އޭނާ އަކީ ޓީވީން ފެންނަ ތަރިންގެ ތެރެއިން އެންމެ ރީތި އަންހެން ތަރި ކަމަށް ގިނަ މީހުން ބުނެއެވެ. ޖެނިފާ ބުނީ އޭނާ ޖިމަށް އެއްގޮތަކަށްވެސް ނުދާ ކަމަށެވެ. އަދި ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ގަވައިދުން ތަރުކާރީ ޖޫސް ބޯކަމަށްވެސް ބުންޏެވެ.

ޖެނިފަރ ވަނީ 2012 ވަނަ އަހަރު ކަރަން ސިންހް ގްރޯވާ އާއި ކައިވެނިކޮށްފައެވެ. އެދެމީހުންގެ މެދުގައި ލޯބި އުފެދުނީ ދިލްމިލްގަޔޭގެ މަސައްކަތް ކުރި ދުވަސްވަރުއެވެ.
އެކައިވެނި ރޫޅުނު ފަހުން ކަރަން މިހާރު ވަނީ ބިޕާޝާއާއި ކައިވެނިކޮށްފައެވެ. އެހެންނަމަވެސް ޖެނިފާ އަދިވެސް ހުރީ ހުސްކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...