ރާއްޖޭގެ ސިޔާސި މުސްތަގުބަލް ބިނާ ވާނީ ޕީޕީއެމްގެ ސިޔާސަތުގެ މައްޗަށް: ނާޒިމް

ކުރީގެ މިނިސްޓަރ އަބްދުﷲ ނާޒިމް ޕީއެންސީގެ ކޮންގްރެސްގައި، ފޮޓޯ: ވަން އޮންލައިން

ދިވެހިރާއްޖޭގެ ސިޔާސީ މުސްތަގުބަލް ބައްޓަންވެގެން އަންނާނީ ޕްރޮގްރެސިވް ޕާޓި އޮފް މޯލްޑިވްސް ޕީޕީއެމްގެ ސިޔާސަތުގެ މައްޗަށް ކަމަށް ކުރީގެ ހެލްތު މިނިސްޓަރ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަބްދުލްޤައްޔޫމްގެ ލަފާގެ މަތިން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްްރެސްގެ މަތީ މަޖިލީހުގެ ފުރަތަމަ ޖަލްސާ ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގައި މަލްޓި ޕާޓި ސިސްޓަމް އުފެދުމުގެ ފަހުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރި ވަރުގަދަ ސިޔާސަތެއް ގެންގުޅޭ ޕާޓިއެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އެ ފަސް އަހަރު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ޕީޕީއެމްއިން ގެންގުޅުނު އުސޫލުތައް ދެނެގަނެގެން ނޫނީ އެއްވެސް ބަޔަކަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެވޭނެ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ސިޔާސި ޕާޓިއެއްގެ ހުންނަ ފަންވަރާއި ބުންވަރު ފެނިގެންދާނީ އެ ޕާޓީއެއް އިދިކޮޅުގައި އޮންނަ ދުވަސްވަރުގައި ކަމަށާއި މިއަދު ޕީޕީއެމް ޕީއެންސީ އިދިކޮޅު ޕާޓީތަކުގެ ގޮތުގައި ތިބުމަކީ ނިއުމަތެއް ކަމުގައި ގަބޫލު ކުރައްވާކަމަށެވެ. އަދި އިދިކޮޅު ޕާޓިއެއްގެ ގޮތުގައި ތިބެ ރައްޔިތުންގެ އިހުސާސްތައް ފަސޭހައި ދެނެގަނެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެ ޖަލްސާގައި މަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ފަރާތުގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން ނާޒިމް ވަނީ ޕީއެންސީންވެސް ޕިޕީއެމް ފަދައިން ރަނަގޅު ސިޔާސަތުތައް އެކުލަވާލައި ދެ ޕާޓި ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ދެ ޕާޓީގެވެސް އެންމެ ބޮޑު އަސާސްކަމަށް ވާން ޖެހޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...