އަންނަ ސީޒަނުގައިވެސް ޕޯލް ޕޮގްބާ ހުންނާނީ ޔުނައިޓެޑްގައި: ސޮލްޝެއާ

އަންނަ ސީޒަނުގައިވެސް ޕޯލް ޕޮގްބާ ހުންނާނީ މެންޗެސްޓާ ޔުނައިޓެޑްގައި ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ބުނެފި އެވެ.

އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑުން ނުކުތް މެޗުގެ ކުރިން މީޑިއާއާއި ވާހަކަދައްކަމުން ސޮލްޝެއާ ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި އަންނަ ސީޒަނުގައިވެސް ޕޮގްބާ ހުންނާނީ އެ ކްލަބުގައި ކަމަށެވެ. ނަމަވެސް ޔަގީން ކަމާއެކު އެވާހަކަ ބުނަން އަދި ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސޮލްޝެއާ ބުނީ ޕޮގްބާއަކީ މޮލު ކުޅުންތެރިއެއް ކަމަށާއި އެ ކްލަބަށް އޭނާ ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްފައި ކަމަށެވެ.

ސޮލްޝެއަރ އެފަދައިން ބުނެފައިވާއިރު ޕޮގްބާ ރެއާލް މެޑްރިޑާއި ގުޅެން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ޕޮގްބާ ވަނީ 2016ވަނަ އަހަރު ޔުވެންޓަސްއިން ޔުނައިޓެޑް ބަދަލު ވުމަށްފަހު އެ ޓީމަށް 24 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ސޮލްޝެއާ އެ ކޮންފަރެންސްގައި އިތުރަށް ބުނީ އެ ކްލަބުގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ މެޗުތަކުގައި ދެއްކި ކުޅުން ރަނގަޅު ނޫންނަމަވެސް އޭނާ ދޫކޮށްލުމުގެ ހިޔާލެއް ނެތްކަމަށެވެ. އަދި އޭނާ އަކީ މީގެ ކުރިން މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެއް ކަމަށާއި ކުރިއަށް އޮތްތާނގައި ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...