ޑެންގީ ހުމާއި ޗިކުންގުންޔާއިން ރައްކާތެރިވާނީ ކިހިނެއް؟

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް. އެއީ ފުރާނައަށްވެސް ނުރައްކާ ވެދާނެ ފަދަ ބައްޔެކެވެ.

ޑެންގީ ހުން ޖެހެނީ އެބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑިސް މަދިރި ހެފުމަށްފަހު، އެ މަދިރިއެހެން މީހެއްގެ ގައިގައި ހެފުމުން، އެމީހެއްގެ ގަޔަށް މިބަލީގެ ވައިރަސް އެރުމުން. އީޑީސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައެވެ. އާއްމު ގޮތެއްގައި އެ މަދިރި އެންމެ ގިނަވަނީ އިރުއަރާ އަދި އިރުއޮއްސޭ ވަގުތުގައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށް ވުރެ ހުން ގަދަވުން، ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން، ލޮލޮގައާއި ލޯވަށައިގެން ރިއްސުން، ހުޅުހުުޅުގައި ރިއްސުން، ބަނޑުގައި ރިއްސާފައި، މޭނުބައިކޮށް ހޮޑުލެވުން ހިމެނެއެވެ.

މި ބަލި ޖެހިއްޖެނަމަ ކުރެވިދާނެ ފަރުވާތަކަށް ބަލާއިރު، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، އަރާމުކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާއެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމަށާއި ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭނުން ނުކުރުން ހިމެނެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަޖުގެ ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަނާއި ތަކެތި ނައްތައިލުމާއި ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފުތާއަކު އެއްފަހަރު ސާފުކުރުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމާއި މަދިރިގެ ބޭނުން ކުރުމާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުން ހިމެނެއެވެ.

ޗިކުންގުންޔާ އަކީވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މަދިރީގެ ސަބަބުން ފެތުރޭ މި ބަލިޖެހެނީ، ބަލީގެ ޖަރާސީމު ހުރި މީހެއްގެ ގައިން މަދިރި ލޭ ބުއިމަށް ފަހު އެހެން މީހެއްގެ ގައިންލޭ ބުއިމުގެ ތެރޭގައި ޖަރާސީމު އަނެކާގެ ހަށިގަނޑަށް ވާސިލްވުމުގެ ސަބަބުންނެވެ.

މި ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު، ދެ ދުވަހާއި 12 ދުވަސް، ބައެއްފަހަރު ތިން ދުވަސް ނުވަތަ ހަތް ދުވަސް ތެރޭގައި މިބަލީގެ އަލާމާތްތައް ފެނަންފަށާނެއެވެ. ބޮލުގައިރިއްސުމާއި، ހުޅުހުޅުގައި ރިއްސައި ގައިން ބިހިނެގުންމާއި، ވަރުބަލިވުން އިތުރުވުމާއި، މޭނުބައިކުރުމާއި، ހޮޑުލެވުމުގެ އިތުރުން ކާހިތްނުވުމަކީ މި ބަލީގެ އަލާމާތްތަކުގެތެރޭގައި ހިމެނޭ ކަންކަމެވެ.

އެހެންކަމުން ޗިކުންގުންޔާ އިން ރައްކާޔެރިކަން ހޯދުމަށް، މަދިރީގެ ކިބައިން ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...