ލަންކާގައި އިތުރު ބޮމުގެ ހަަމަލާތަކެއް، 200އަށްވުރެ ގިނަ މަރު!

ސްރީލަންކާގައި އިތުރު ސަރަހައްދުތަކުގައި ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

މިއަދު ހެނދުނުން ފެށިގެން ދެމުން އަންނަ އެ ހަމަލާތަކުގައި ޗާޗްތަކާއި ހޮޓަލްތަކުގެ އިތުރުން ޒޫ ހިމެނޭކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އެގޮތުން ހަމަލާދިން ހޮޓަލު ތަކުގެ ތެރޭގައި ސިނެމަން ގްރޭންޑާއި، ކިންގްސް ބަރީގެ އިތުރުން ޝަންގްރިއްލާ ހިމެނެއެވެ.

މިއަދުގެ ފުރަތަމަ ހަމަލާ ދީފައިވަނީ ކޮލަމްބޯގައި ހުންނަ ޗާޗްއަކަށެވެ. އެ ޗާޗުގެ އިތުުރުން ދެން ހަމަލާ ދީފައިވަނީ ކޮލަމްބޯއާއި 250 ކިލޯމީޓަރު ދުރުން ބަޓިކަލޯގައި ހުރި ޗާޗަކަށާއި 30 ކިލޯމީޓަރު ދުރުން ނެގޮމްބޯގައި ހުރި ޗާޗަކަށް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މީގެ އިތުރުން އެ ޤައުމުގެ ޑެމަޓޮގޮޑާގެ ތިން ސަރަހައްދަކަށާއި ދެހިވަލާގެ ޒުލެއް ކައިރީގައި ހަމަލާ ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ހަމަލާތަކާއި ގުޅިގެން އެ ޤައުމުގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސެކަރާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ މިހާތަނަށް 200އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި 400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި 35 ބޭރު މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކެއްގެ މީހުން ކަމެއް އަދި މިހާތަނަށް ހާމަ ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ޒަހަމްވި މީހުންނަށް އެ ޤައުމުގެ ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާދެމުންދާ ކަމަށް އެ ޤައުމުގެ ފުލުހުން އޭނާ ވަނީ ވިދާޅުވެފައެވެ. ލަންކާގައި މިއަދު ދިން ފުރަތަމަ ހަމަލާއާއެކު އެ ޤައުމުގެ ސަރުކާރުން ވަނީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ރެސްކިއު އޮޕްރޭޝަންތައް ވަގުތުން ފައްޓާފައެވެ.

އަދި މީގެ އިތުރުން ހުރިހާ ރައްޔިތުންވެސް މި ދަނޑިވަޅުގައި ގެއިން ބޭރަށް ނުނުކުމެ ކެތްތެރިކަމާއެކު ތިބުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...