އައިޝްވަރްޔާއާއި އަބީޝެކް އަނެއްކާވެސް ރާއްޖޭގައި

އަބީޝެކް ބައްޗަން އަދި އައިޝްވަރްޔާ ރާއީ ޗުއްޓީ ހޭދަކޮށްލަން އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

މިފަހަރު އެދެމަފިރިން ރާއްޖެ އައިސްފައިވަނީ ދަރިފުޅު އަރާދްޔާ ބައްޗަންވެސް ގޮވައިގެންނެވެ. އަބީޝެކްގެ އާއިލާ ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓްގައެވެ.

އައިޝްވަރްޔާ އާއި އަބީޝެކް ވަނީ ސޯޝަލް މީޑިއާގައި ރާއްޖޭގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން އައިޝްވަރްޔާ ވަނީ އެ ރިސޯޓްގެ ސްވިމިން ޕޫލެއް ފެންނަ ފޮޓޯއެއް އިންސްޓެގްރާމް ކޮށްފައެވެ. އަބީޝެކް ހިއްސާ ކުރި ފޮޓޯއިން ފެންނަނީ އެމީހުން ތިބޭ ހޮޓެލް ރޫމްގެ ދޮރެވެ.

އައިޝްވަރްޔާއާއި އަބީޝެކް މީގެ ކުރިންވެސް ރާއްޖެ އައިސްފައިވާއިރު، ބޮލީވުޑްގެ ގިނަ ތަރިންނަކީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ތަރިންކަން ފާހަގަކޮށްލެވެއެވެ.

ބަތަލާ އައިޝްވަރްޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފަންނޭ ޚާންއިންނެވެ. އައިޝްވަރްޔާއާއި އަބީޝެކް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަނޫރާގް ކަޝްޔަޕްގެ ފިލްމު ގުލާބު ޖާމުންއިން ކަމަށް ޚަބަރުތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...