ރައީސް ޔާމީންގެ އިރުޝާދު މުހިންމު: ދީނާއި ޤައުމު ހިމާޔަތް ކުރަން ޖެހިއްޖެ!

ގާތްގަނޑަކަށް 4 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މިކުޑަ ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ އެތައް ވެރިންނެއް އިހުމާލުވެފައިވާ ބިމެކެވެ. ނަމަވެސް ދިވެހި ރާއްޖޭގައި މިވަގުތު ހުރި އެންމެ ހިކުމަތްތެރި ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޒައާމަތުވެގެން ދިޔައީ ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ގެނެސްދެއްވި ދައުރަކަށެވެ.


ޙާއްސަގޮތެއްގައި ދިވެހި ރާއްޖޭގައި ވީދިފައިވާ އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް، ޤައުމު ހެޔޮ މިސްރާބަކަށް ރައީސް ޔާމީން ގެންދެވިއެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހި ރާއްޖޭގައި އިސްލާމީ ވަޙުދަތު ވަރުގަދަ ކުރުމަށް އެތައް މަސައްކަތްތަކެއް ކުރެއްވިއެވެ. ވެރިކަން ހިނގުމުގެ ނިޒާމުގެ ތެރެއިން އެމަނިކުފާނު އެންމެ އިސްކަން ދެއްވި އެއް ކަމަކީ ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހޭ ދިރިއުޅުމެއް ގެނެސްދެއްވުމެވެ. އަދި އެ ފަލްސަފާގެ ތެރެއިން އެތައް މަސައްކަތްތަކެއް ކުރެއްވިއެވެ.


ރައީސް އަބްދުﷲ ޔާމީން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ގެނެސްދެއްވި އަގުނުކުރެވޭ ވަރުގެ ބަދަލު ބަޔަކު މީހުން އަންނަނީ ފުނޑާލުމަށް މަސައްކަތްކުރަމުންނެވެ. ރައްޔިތުންގެ މެދުގައި އާލަވާވެފައިވާ ރިވެތި އުސޫލުތައް ހަލާކު ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ދިވެހި ރައްޔިތުންގެ ތެރޭގައި އަޅުގަނޑުމެންގެ އިސްލާމް ދީނަށް ލިބިގެންދިޔަ ޤަދަރާއި އަދި ވަރުގަދަވެގެންދިޔަ އަޤީދާ ބަލިކަށިކޮށްލުމަށްޓަކައި ތަފާތު އެކި އެޖެންޑާތައް ވަނީ ފަށާފައެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރާއްޖޭގައި ދެން ވެރިކަން ކުރެއްވި އިތުރު ފަރާތްތަކުގެ އެންމެ ބޮޑު ފަރަގު ދައްކުވައިދޭ އެއްކަމަކީ އެމަނިކުފާނު އަޅުގަނޑުމެންގެ އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކެވެ. ވެރިކަމުން ފައިބާވަޑައިގަތުމަށް ފަހުވެސް، ދިވެހި ރައްޔިތުންނަށް އެތައް ފަހަރަކު ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.

މިއަދު 2008 ވަނަ އަހަރުގެ މާޒީ އިޢާދަވަމުންދާއިރު، އަޅުގަނޑުމެން އަނެއްކާވެސް އިސްލާމްދީނާއި ޤައުމުގެ ހައްޤުގައި އެކަތިގަނޑަކަށް ވާން ޖެހިއްޖެއެވެ. މާޒީއިން އިބްރަތް ޙާސިލްކޮށް، ދީނާއި ހިލާފު ފިކުރުތަކުގެ ބޭފުޅުންގެ ފަރާތުން ޤައުމު ސަލާމަތް ކުރަންޖެހެއެވެ. އަދި އެކަމަށްޓަކައި، ދީނުގެ ހައްޤުގައި ތެދުވެވަޑައިގެންނެވި ހަމައެކަނި ވަލީއުލްއަމުރު ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދު ޤައުމަށް ވަރަށްވެސް މުހިންމެވެ. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަޤްބަަލަށްޓަކައި މި މުސްތަޤިއްލު ބިން ރައްކާތެރިކުރުމަށްޓަކައިއެވެ.

ޤައުމުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައިއެވެ. ދިވެހި ރާއްޖޭގެ ވަލިއްޔުލްއަމުރު ކަމުގެ މަގާމުގައި ހުންނަވައިގެން މީގެ ކުރިން އެތައް ފަހަރަކު ކުރީގެ ރައީސް ޔާމީން ވަނީ އިދިކޮޅު އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.


ރައީސް ޔާމީން މީގެ ކުރިން އެކި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމް ދީން އޮންނާނެތޯ ނުވަތަ ނޫންތޯ އެނގެން ރައްޔިތުން ބޭނުންވާ ކަމަށެވެ. ޤައުމަށް ދީނާ ހިލާފު އެކި ކަންކަން ގެނައުމަށް  ބަޔަކު މީހުން މަސައްކަތް ކުރާ މި ދަނޑިވަޅުގައި، މި ދިވެހި ފަސްގަނޑު ރައްކާތެރިކުރުމަށް ރައީސް ޔާމީން ވަރަށް މުހިންމެވެ.

އިސްލާމީ ޤައުމުތަކާއި ގާތްގުޅުމެއް އަބަދުމެ ބާއްވަމުން ގެންދަވާ ރައީސް ޔާމީންގެ އިރުޝާދު މިކަމުގައި ވަރަށްވެސް މުހިންމެވެ. މަލްޓި ޕާޓީ ނިޒާމެއްގެ ތެރޭގައި އެކި ޕާޓީތަކައް ތާއީދުކުރައްވާ ބޭފުޅުން ތިއްބެވި ނަމަވެސް، މި ވަތަނުގެ ހައްޤުގައި ތިބެއްވި ބޭފުޅުން އެކަތިގަނޑަކަށް ވާންޖެހިއްޖެއެވެ. ދީނާއި ޤައުމު ހިމާޔަތް ކުރަން އަތުގުޅާލަންޖެހެއެވެ.

އަދި މިކަމުގައި ޤައުމުގެ ދެކެ އެންމެ ބޮޑަށް ލޮބިވެވަޑައިގަންނަވާ ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަޅުގަނޑުމެންނާއި އެކު މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން ވަރަށް މުހިންމެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ހެޔޮ ހާލުގައި މިނިވަން ވާންޖެހެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...