ދީނާ ސިޔާދަތާ އިސްތިގުލާލު ގެއްލޭފަދަ އަމަލުތަކާ ބަސްތަކުން ދުރުވާން ޖެހޭ: ޝައިޚް ޒައިދު

ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު

ހުރިހާ ދިވެހިންވެސް ޤައުމުގައި އޮތް ދީނާ ސިޔާދަތާ އިސްތިގުލާލު ގެއްލޭފަދަ އަމަލުތަކާ ބަސްތަކުން ދުރުވެ ތިބެން ޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ކުރެއްވި ޓްވީޓެއްއި ބުނެފައިވަނީ، ރާއްޖެއިން އެކި ގައުމުތަކާއެކު ގުޅުން ބަދަހި ކުރުން ވަކި ހައްދެއްގެ ތެރޭގައި ބާއްވަންޖެހޭ ކަމަށެވެ. އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި މި ގައުމު އެއްވެސް ބައެއްގެ އަޅުވެތިކަމަށް ދާން ބޭނުން ނުވާ ކަމަށްވެސް އެ ޓްވީޓުގައިވަނީ ބުނެފައެވެ. އެ ޓްވީޓުގައި އިތުރަށް ބުނެފައިވަނީ، މިވަތަންގެ ދީނާއި ސިޔާދަތާއި އިސްތިގުލާލު ގެއްލޭފަދަ އަމަލުތަކާއި ބަސްތަކުން ދުރުވާންޖެހޭ ކަމަށާއި ބައެއްގެ ތެރޭގައި އަމިއްލަ އެދުން ބޮޑުވެއްޖެނަމަ، ދެން އެބައެއްގެ ތެރެއަށް ނާކާމިޔާބީގެ ހިތިކަން އައުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.

އޭގެ އިތުރުން ޝައިޚް ޒައިދު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވީ އަހުދާއި ވަހުދަކީ އޭގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުއްދަންޖެހޭ ކަންކަން ކަމަށެވެ. އަދި ބާތިލެއްގެ މައްޗަށް ކަމެއް ބިނާކޮށްފިނަމަ ދެން ނުކުންނާނީ ހައްތަހާވެސް ގޯސް ކަންތައްތައް ކަމަށް ވިދާޅުވެފައިވޭ. ބެލެވޭ ގޮތުގައި ޝައިހް ޒައިދު މިގޮތަށް ވިދާޅުވެފައިވަނީ، މި ސަރުކާރުން މާ ބޮޑަށް އިންޑިއާއާ ގުޅުން ބާއްވާތީ އެކަމާ ނުރުހުންވެގެންނެވެ. މި ސަރުކާރުން އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދާއިރު، އިންޑިއާއިން ރާއްޖެއަށް މިއަހަރު 1.2 ބިލިއަން ރުފިޔާގެ އެހީ ދޭނެ ކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރު ޕިޔުޝް ގޮޔާލް ވަނީ ވިދާޅުވެފައެވެ. ޝައިޚް ޒައިދު އެފަދައިން ވިދާޅުވެފައިވާއިރު، އިންޑިއާ ބޭނުންނަމަ، މިހާރުވެސް ރާއްޖެ ހިފޭނެ ކަމަށާއި، އެކަން ދިވެހިންނަށް ނުހުއްޓުވޭނެކަން ވިސްނާލުމުން އެނގޭ ކަމަށް ވެސް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...