ކުރިން ގޯސްވި އިލެކްޝަންސް ކޮމިޝަން މިއަދު އެމްޑީޕީ އަށް ހަމަ ބަރާބަރު

- ފޮޓޯ - ސޯޝަލް މީޑިޔާ

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީން ބުނަމުން ގެންދިޔައީ އިންތިހާބުގެ ނަތީޖާ ޤަބޫލު ނުކުރާނެ ކަމަށެވެ. އަދި އޭރު އިލެކްޝަންސް މެމްބަރުންގެ އިތުބާރު ނެތް ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް އޭރު އެމްޑީޕީއަށް ގޯސްވި އިލެކްޝަންސް ކޮމިޝަން މިއަދު އިންސާފުވެރި ކަމަށް އެ ޕާޓީން ބުނަން ފަށައިފިއެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމާއެކު ފެނުނު މަންޒަރަކީ އެމްޑީޕީ މީހުން މަގުމައްޗަށް ނިކުމެ، ވޯޓުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެ، އޭރު އިލްކްޝަން ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުން ދިޔަ މަންޒަރެވެ.

ފުއާދު ތައުފީގުގެ އިސްތިއުފާއަށް ގޮވާ މާލޭގެ މަގުތަކުގައި ރެލީތައް އެމްޑީޕީއިން ބޭއްވިއެވެ. އިލެކްޝަންސް ކޮމިޝަންސްގެ އިތުބާރެއް ނެތް ކަމަށް ބުނެ ހަޑި ހުތުރު ބަހުން ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ކޮމިޝަންސް ދޮރުމަތީގައި އެތައް ދުވަސް ވަންދެން އެއްވެ އުޅުނެވެ. އޭރުގެ ކޯޓުތަކާއި ފަނޑިޔާރުގެތައް ވެސް އެމްޑީޕީއަށް ރަނގަޅެއް ނުވިއެވެ

. ވަކިން ޚާއްސަކޮށް އެމްޑީޕީއަށް އޭރު އެންމެ ކަމުނުދިޔައީ އިލެކްޝަންސް ކޮމިޝަންއެވެ. މުޅި މާލޭގެ މަގުތަކުގައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ އައުމަށް ގޮވާލާ ހެދިއެވެ. އަދި އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދުގައި ފުއާދު ތައުފީގުގެ އިސްތިއުފާއަށް ގޮވުމާ ވަގަށް ގޮވުމުގައި އޭރު އެމްޑީޕީ މީހުން އުޅުނު އަވަދިނެތިއެވެ. ތިމަންނާމެން ބޭނުންނުވާ ނުވަތަ ހިތްޕުޅާ ނުވާ ބަޔަކަށް ކަމެއް ވެއްޖެ ނަމަ އެ މުއައްސަސާ ވަރުގެ ދޯދިޔާ އަދި ވިޔާނުދާ ތަނެއް އެމްޑީޕީއަށް ނޯވެއެވެ.

ނަމަވެސް އެތަކެއް ރައްޔިތުންތަކެއްގެ ހައްގުތައް ނިގުޅައިގެން ވެރިކަން ކުރަމުން އަންނަ މި ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އެމްޑީޕީއިން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިޙުގެ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މަޖިލިސް ކެނޑިޑޭޓުންގެ ފޯމްތައްް އީސީއަށް ހުށަހެޅުއްވުމަށްފަހު ވިދާޅުވީ މަޖިލިސް ކެނޑިޑޭޓުންގެ ފޯމްތައް ހުށަހެޅިގެންދާކަމީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އަދި އިލެކްޝަން ކޮމިޝަން އިންސާފުވެރިކަމާއެކު ހިންގަވަމުން ގެންދަވާ ކަމަށާއި އެ ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަސައްކަތް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ކޮމިޝަނުން ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ފެނިގެން މިދަނީ އޭރު ނަޝީދަށް ކަމުނުދިޔަ އިލެކްޝަންސް ކޮމިޝަން އިންސާފުވެރިވި މަންޒަރެވެ. ޖެހޭ ވައިރޯޅިއެއް ފަދައިން ނަޝީދުގެ ބަހާ އަމަލާވެސް ސީދާ ނުވާ މަންޒަރެވެ.

އާރާ ބާރާ އޮވެގެން ސަރުކާރު ހިންގުމުގެ ބާރު ލިބުމާއެކު ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ސާފު ހުދު ކާފޫރަށްވެ ނިމިފައިވާ ކަމަށް ނަޝީދުގެ ވާހަކަތަކުން ރައްޔިތުންނަށް އެނގި ހާމަވާން ފަށައިފިއެވެ. ކޮންމެ އިންތިހާބަކާ ދިމާކޮަށް އެމްޑީޕީއިން އަންނަނީ ރައްޔިތުންނަށް ބޮޑެތި ހުވަފެންތަކެއް ދައްކާ ރައްޔިތުންނަށް ކުރިން ދައްކާފައިވާ ތަސައްވުރު ބަދަލު ކޮށްލުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން އޭރު ކަމުނުދިޔަ އިލެކްޝަންސް ކޮމިޝަން މިއަދު އިންސާފުވެރިވެ އެތަނުގައި މަސައްކަތް ކުރާ ބޭފުޅުން ވަރެއް އެމްޑީޕީއަށް ނެތްކަން ހާމަކޮށް، ރައްޔިތުންނަށް އަނެއްކާވެސް އެހެން ހުވަފެންތަކެއް ދައްކަވަން ނަޝީދު މަސައްކަތް ކުރައްވާ މަންޒަރު ވަރަށް ސާފުކޮށް ފެންނަށް ފަށައިފިއެވެ. ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީ އިން 86 ދާއިރާއަކުން މަޖިލީހަށް ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ބައެއް ވެރިންގެ ރުހުމާ ނުލާކަމީވެސް ރައްޔިތުން ދަންނަ ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...