އެމްއާރްއެމްއަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ހުރި ނުރައްކަލެއް ނޫން: ރައީސް ޔާމިން

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރްއެމް އުފެދިގެން އައުމަކީ ޕީޕިއެމް ކޮންގްރެސް ކޯލިޝަނަށް ހުރި ނުރައްކަލެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ކޮންގްރެސް ޕާޓީއާ ދެމެދު ކޯލިޝަން ހަދައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމިން ވިދާޅުވީ، ރައީސް މައުމޫން އާ ޕާޓީއެއް އުފެއްދެވުމަކީ ގޮންޖެހުމެއް އޮންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީންގެ ފިކުރުގައި ތިއްބެވި ބޭފުޅުން އެ ދެ ޕާޓީގައި ދެ ތިއްބަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫނާއެކު ކޯލިޝަން ހައްދަވާފާނަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫން ވެސް ޕާޓީއެއް ހެއްދެވުމުން ކޯލިޝަން ހަދަން ބޭނުންވާނަމަ މަޝްވަރާ ކުރައްވާނެ ކަމަށެވެ. ރައީސް މައުމޫން، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާއިރު އެ ޕާޓީ ވެގެންދާނީ އެމަނިކުފާނު އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީއަށެވެ. އަދި މައުމޫންއަށް ތާއީދުކުރާ ފަރާތަކުން ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި މައްސަލަ އަދިވެސް އޮތީ ސުޕްރީމް ކޯޓްގައެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ކޮންގްރެސް ސައްހަ ނޫން ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އެ ކޮންގްރެސް ސައްހަ ކަމަށް ހުކުމްކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...