ރައީސް މައުމޫންވެސް ޕާޓީއެއް އުފައްދަަވާ މަޝްވަރާކުރަން ބޭނުންނަމަ އެކަމަށް ހަަމަ ތައްޔާރު: ރައީސް ޔާމިީން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސިޔާސީ ޕާޓީއެއް އުފެއްދުވެމަށްފަހު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު މަޝްވަރާ ކުރައްވަން ބޭނުންފުޅު ވެލައްވާނަމަ އެކަމަށް އެ ކޯލިޝަން އޮތި ތައްޔާރަށް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް މައުމޫނާއެކު ކޯލިޝަން ހައްދަވައިފާނަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫން ވެސް ޕާޓީއެއް ހެއްދެވުމުން ކޯލިޝަން ހަދަން ބޭނުންފުޅު ވެލައްވާނަމަ އެ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، އާ ޕާޓިއެއް އުފައްދަވަން އެބޭފުޅުންނަށް ވެސް ވަރަށް ގިނަ ވަގުތު ނެގި ކަމަށާ އެހެން ކަމުން އާ ޕާޓީ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ޕާޓީ އުފެއްދި މަޝްވަރާ ކުރެވޭނެ މުހުލަތެއް ލިބިއްޖެނަމަ އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެ ރަސްމިއްޔަތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ނޫން ކޮންމެ ބަޔަކާއެކު ވެސް ކޯލިޝަން ހަދަން މަޝްވަރާކުރަން ޕްރޮގްރެސިވް ކޮންގްރެސް އޮތީ ތައްޔާރަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައި މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއާއެކު މަސައްކަތް ކުރަން އުނދަގޫފުޅު ވެލައްވާ ކަމަށާއި އެއީ އެމްޑީޕީ އާއި ޕީޕީއެމްއަކީ ވަރަށް ތަފާތު ދެ ފިކުރެއްގެ ދެ ޕާޓީއަށް ވުމުން ކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ވާދަކުރާނެ 10 ކެނޑިޑޭޓެއްގެ ނަން ވަނީ އިއުލާންކޮށްފައެވެ.

އެއާއެކު އެ ދެޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓްދިން ކެނޑިޑޭޓުންގެ އަދަދުވަނީ 63 އަށް އަރާފައެވެ. ޕްރޮގްރެސިވް ކޮންގްރެސުން ބުނީ އެ ދެ ޕާޓީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން ޕްރައިމަރީއަކުން ކެނޑިޑޭޓުން ކަނޑައަޅާނެ ދާއިރާތަކާއި، ކެނޑިޑޭޓުންގެ ނަން މާދަމާ އިޢުލާނު ކުރާނެ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...