އައްޑޫގެ ގެއެއްގެ 2 ވަނަ ފަންގިފިލާއިން ކުޑަ ކުއްޖަކު ވެއްޓި އަނިޔާވެއްޖެ

ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓި ކުޑަ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުމުރުން ހަތް އަހަރުގެ އެ ކުއްޖާއަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެކުއްޖާ މާލެއަށް ގެނައުމުގެ ހުރިހާ ކަންތައްތައް މިހާރު ނިމިފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި އެކުއްޖާ މާލެ ގެންދާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...