މިނިސްޓަރު ކަމާއި އިމްރާން ހަވާލުވެވަޑައިގަތީ ގައިދީންގެ ހައްގުގައިބާ؟

ހޯމް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ ޖަލުގައި އަނިޔާލިބުނު ކަމަށް ޝެއިޚް އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ. އެހެންނަމަވެސް ފެނިގެންދާ މަންޒަރުތައް ބުނަނީ އެހެން ވާހަކަތަކެކެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މަޤާމާއި ރައީސް ސޯލިހު ހަވާލުވެވަޑައިގެންނަވައި ތަފާތު ދޯދިޔާ ނިންމުންތައް ނިންމެވިއެވެ. އެގޮތުން ކޯލިޝަންގެ ބައިވެރިންނަށް ކެބިނެޓް ބަހައި ކޯލިޝަނުގެ ބައިވެރިއެއްކަމަށްވާ އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲއަށް ހޯމް މިނިސްޓަރުގެ މަޤާމު ދެއްވިއެވެ.

އިމްރާން ހޯމް މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި އިރު ހުކުމެއްގައި ހުންނެވުމުން އިސްތިއުފާދެއްވައި ދެވަނަ ފަހަރަށް މަޤާމާއި ހަވާލުވެވަޑައިގެތެވެ. އަމިއްލަ އެދުމާއި ބާރުގެ ބޭނުމުގައި ހޯމް މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި އިމްރާން މިއަދު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު އެ މަޤާމާއި ހަވާލު ވެވަޑައިގަތީ ރައީސް ޔާމީންގެ ދައުރުގައި ޖަލުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އެ އަނިޔާތައް ހުއްޓެވުމަށް ކަމަށެވެ.

އިމްރާން އެފަދައިން ވިދާޅުވިއިރު ޖަލުގެ ކުޑަގޮޅީގައި އޮންނަ ގައިދީއަކާއި އިމްރާން ހުންނެވި ކޮޓަރި ކޮޅާއި އަޅާބަލާއިރު ވަރަށްވެސް ތަފާތެވެ. ގަވާއިދާ ޚިލާފަށް ފޯނު ވައްދައިގެން ސެލްފީ ނަންގަވައި މީސްމީޑިއާގައި ދައުރު ކުރެއްވި އިރު އެއީ ލިބުނު އަނިޔާ ބާއޭ ހިތަށްއަރައެވެ.

ހޯމް މިނިސްޓަރު ކަމާއި ހަވާލުވުމުގެ ކުރިން ރައީސް ޔާމިންގެ ޒަޢާމަތުގައި ރައީސް ސޯލިހުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ތިމަން މަނިކުފާނު އަދީބުއަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވަމުން ގެންދެވީ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި. އެމަނިކުފާނު އަދީބުއާއި ޒާތީގޮތުން ޖެހިވަޑައިގެން ޑޮކްޓަރުގެ ލަފަޔަކާއި ނުލައި ބަލިއެނދުގައި އޮންނަވަނިކޮށް ޖަލަށް ގެންދިޔައެވެ. އެކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާއިންނާއި އަދީބު ނިސްބަތްވެވަޑައިގަންނަވާ އެމްޓީޑީއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އިމްރާން މިއަދު ތިމަން މަނިކުފާނު ބޭނުންފުޅުވަނީ ޖަލުގައި ތިބި ގައިދީންގެ ޙައްގު ރައްކާތެރިކުރުމަށް ކަމަށް ވިދާޅުވާއިރު އެކަން އެންމެ ރަނގަޅަށް ކުރައްވާ މަންޒަރު ރައްޔިތުންނަށް ނުފެންނަނީ ކީއްވެގެންތޯއެވެ. ބާރުގެ ބޭނުން ކުރައްވައި ޖަލުގައި ތިބި އާއިލީ ބޭފުޅުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ އަރިސް ބޭފުޅުން މިނިވަން ކުރަނީ ގައިދީންގެ ހައްގައިބާއެވެ. އަނިޔާ ލިބިގެން އެ އަނިޔާގެ ހިތްދަތިކަމުގައި ތަނެއްގެ ވަޒީރުކަމާއި ހަވާލުވެވަޑައިގަތް ބޭފުޅަކު ބަލި އެދުގައި ފަރުވާ ދެމުންދާ ބޭފުޅަކާއި ދޭތެރޭ އެފަދަ ގޮތަކަށް ކަންތައް ކުރައްވާނެބާއެވެ.

ޖަލުގައި ތިބި ގައިދީންގެ ހައްގުގައި ހޯމް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި ކަމަށް މިއަދު އިމްރާން ވިދާޅުވި ނަމަވެސް ހަގީގަތަކީ އެމަނިކުފާނު އެ މަޤާމާއި ހަވާލުވެވަޑައިގަތީ އަމިއްލަ އެދުމުގެ ސަބަބުންކަމީ ރައްޔިތުން ދައްނަ ބޮޑު ހަގީގަތެކެވެ. ޖަލުގައި އޮންނެވުމަށްފަހު ބަދަލު ހިފުމުގެ ގޮތުން ދެން ކުރެވެން އޮތް އެންމެ މޮޅު ކަމަކީ ހޯމް މިނިސްޓަރުގެ މަގާމާއި ހަވާލުވެވަޑައިގެން ސިފައިންގެ މައްޗަށް އަމުރު ހިންގެވުންކަމަށް ވާނަމަ އެ މަސައްކަތުގައި އެމަނިކުފާނު ވަނީ ކުރި ހޯއްދަވާފައެވެ.

އިމްރާން މިއަދު ފުލުހުންނަށް ތަޢުރީފު ކުރެއްވި ނަމަވެސް ފުލުހުންގެ މައްޗަށް ދިވެހިންގެ އޮތް އިތުބާރު ނަގާލުމުގައި އިސްރޯލެއް އަދާކުރެއްވި އެއް ބޭފުޅަކަށް އެ މަނިކުފާނު ވެގެންދާނެކަމީ އެކަމަކަށް ދެބަސްވެވޭނެ ކަމެއްނޫން ކަން ރާއްޖޭގެ ތާރީޙު ހެކިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...