އިންޑޮނޭޝިއާ އަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 59 އަކަށް އަރައިފި

އިންޑޮނޭޝިއާގެ ހުޅަނގު ސުލަވެސީ ޕްރޮވިންސްގެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 59 އަކަށް އަރައިފި ކަމަށް ދުނިޔޭގެ މީޑިޔާތަކުގައި ރިޕޯޓުކޮށްފިއެވެ.

ސުލަވެސީގެ ސަރަހައްދުތަކަށް ބުދަ ދުވަހުން ފެށިގެން ކުރަމުން އަންނަ ބޯ ވިއްސާރައިގެ ސަބަބުން 59 މީހުން މަރުވެފައިވާ ކަމަށާ ތިރީސް ހަތަރު ހާހަށް ވުރެ ގިނަ މީހުން ރައްކަތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށް އެ ޕްރޮވިންސްގެ ކަމާ ބެހޭ ފަރަތްތަކާ އަދި މީހުން ސަލާމަތްކުރުމުގައި މަސައްކަތް ކުރަމުން ދާ މީހުންނާ ހަވަލާދީ އަލްޖަޒީރާ ނުހުގައި ބުނެފައިވެއެވެ. އަދި އެ ވިއްސާރައިގެ ސަބަބުން އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށާ އަދި އެ އަދަދުތައް އިތުރުވެގެން ހިނގައިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.


ގަދަ ވަޔާ އެކު ސުލަވެސީ އަށް ބޯކޮށް ވާރެ ވެހުމުން ދިއުމާ ގުޅިގެން އެ ސަރަހައްދުތަކުގެ ކޯރުތައް ބަންޑުންވެ މަގުތަކުގައިވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ހުޅަނގު ސުލަވެސީގެ ޑިޒާސްޓަރ މެނޭޖްމަންޓްގެ އިސްވެރިޔާ، ސިޔާމްސި ބާރް އާ ހަވަލާދީ އަލްޖަޒީރާގައި ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައަކީ މި ފަހުގެ ތަރީޚެއްގައިވެސް އެ ސަރަހައްދަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ. އެ ވިއްސާރައިގެ ސަބަބުން ސަރަހައްދުގެ ބޮޑެތި މަގުތައް ބަންދު ވެފައިވާ ކަމަށާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ކަމަށް ވެސް އޮފިޝަލުންވަނީ ބުނެފައެވެ.

މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް އިންޑޮނޭޝިއާގެ ސަރަހައްދުތަކަށް ކުރި ވިއްސާރައިގެ ސަބަބުން 22 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...