ސިޔާސީ ގޮތުން ބަޔަކަށް ކުރާ އެންމެ ބޮޑު ޖެއްސުން ކުރަމުން ދަނީ އީސީން ޕީއެންސީއަށް: ނިހާން

ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިޙާނު ޙުސައިން މަނިކު

އިލެކްޝަންސް ކޮމިޝަނުން ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ކުރިމަތިކުރާ ފިއްތުންތަކަކީ މި ފަހުގެ ތާރީޚެއްގައިވެސް ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން ބަޔަކަށް ކުރިމަތިކުރާ އެންމެ ބޮޑު ފިއްތުންތައް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިޙާނު ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މުޢައްޞިސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމު ޢަބްދުﷲ އާއިއެކު، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ޕީއެންސީގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފަސްހާހަށް ވުރެ ގިނަ ފޯމުތަކުގައި ގިނަ މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެ، އެ މަސައްކަތް ފަސް ކުރުމަކީ ފަހުގެ ތާރީޚެއްގައި ވެސް މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ސިޔާސީ ޕާޓީއަކަށް ކުރި އެންމެ ބޮޑު ޖެއްސުން ކަމަށެވެ.

އެގޮތުން އީސީން ޢަމަލުކުރާ ގޮތުގެ މިސާލަކީ ހޮސްޕިޓަލަށް ގެންދިޔަ ޙާލުބޮޑު ބަލިމީހެއް އައި.ސީ.ޔޫ ދޮރުމަތީގައި ބާއްވައިގެން އެކަމާއި ގުޅުންހުރި ފަސް ޑޮކްޓަރަކު ދެ އަތް އުރާލައިގެން ތިބުން ކަމަށާއި އެ މައްސަލައަށް އަވަސް ފަރުވާއެއް ބޭނުންވާ ކަމަށެވެ. ނިހާން އިތުރަށް ވިދާޅުވީ، ޕިއެންސީ އުފެއްދުމަށް ހުށަހެޅި ފޯމްތައް ޞައްޙަ ނޫން ކަމަށް ވާ ނަމަ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފޯމްތައް ޞައްހަ ނުވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީތަކެއް އުވާލާ ހުރިހާ ޕާޓީތަކެއްގެ ފޯމްތައް ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...