ގާސިމްގެ ފާޑު ކިޔުން ޖަޒީރާ ރާއްޖެ މެނިފެސްޓޯއަށް!

ޖަޒީރާ ރާއްޖެ މެނިފެސްޓޯއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރިީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.

ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖަޒީރާ ރާއްޖޭގެ ނަމުގައި އެމްޑީޕީއިން މަސައްކަތް ކުރަނީ އޮޅުވާލަން ކަމަށާއި މި ރާއްޖެއަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި ދިވެހިރާއްޖެއޭ ކިޔާ އެހެން ރާއްޖެއެއް ނޯންނާނެކަން ފާހަގަކުރައްވާ ގާސިމް ވަނީ އެ ވިދާޅުވަނީ ކޮން ޖަޒީރާ ރާއްޖެއެއްތޯ ސުވާލު އުފައްދަވާފައެވެ.

ރޭގެ ޖަލްސާގައި ގާސިމް ވަނީ އެމްޑީޕީއިން މީގެ ކުރިން ބޭނުންކުރި ސްލޯގަން ކަމަށްވާ އަނެއް ދިވެހިރާއްޖެއަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ގާސިމް ވަނީ އަނެއް ދިވެހިރާއްޖެ މާނަ ކުރީ މީގެ ދެތިން ހާސް އަހަރު ކުރިން ބުޑިސްޓުން ރާއްޖޭގައި އުޅުނު ވާހަކަތޯ ސުވާލު އުފައްދަވާފައެވެ. އަދި އަނެއް ދިވެހިރާއްޖެއަކީ އެއީ ކަމުގައި ވާނަމަ ސަރީހަކޮށް އެފަދައިން ބުނެދިނުމަށްވެސް ގާސިމް ވަނީ ގޮވާލައްވާފައެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވާހަކަދައްކަވާނީ ކެރިހުންނަވައިގެން ކަމަށާއި މީހަކު ކަމެއް ކޮށްފާނެތީ ބިރުފުޅު ނުގަންނަވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...