އީސީގައި ތިއްބެވީ ކަމަށް ޤާބިލް ބޭފުޅުންކަމަށް ޤަބޫލެއް ނުރަން: އަބްދުއްރަހީމް

ޕީއެންސީ އުފެއްދުވެމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ މުއައްޞިޞް އަދުރޭ. ފޮޓޯ:ޗެނެލް 13

އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ކަމަށް އެންމެ ޤާބިލް ބޭފުޅުން ކަމަށް ޤަބޫލު ނުކުރައްވާކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ އުފެއްދުވެމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ މުއައްޞިޞް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެފަދައިން ވިދާޅުވެފައިވަނީ ޕީއެންސީ އުފެއްދުވުމުގައި އީސީން އެ ޕާޓީއަށް ކުރިމަތި ކުރުވަމުން ގެންދަވާ ދަތިތަކާ ގުޅިގެން މީޑިޔާއާ އެވާހަކަތައް ހިއްޞާކުރެއްވުމަށް އެ ޕާޓީއިން ނޫސްވެރިންގެ ބައްދަލުވުމުގައި ޗެނެލް 13އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހަރު ތިއްބެވި ފަސް މެންބަރުންނަކީ އެކަމަށް އެންމެ ޤާބިލް ބޭފުޅުންކަމަށް ޤަބޫލު ނުކުރައްވާ ކަމަށާ ފާޑުކިޔުންތަކާ ކުރިމަތި ލައްވަން ކެރިވަޑައިނުގަންނަވާ ބޭފުޅުން ޒިންމާދާރު މަޤާމުތަކަށް ވަޑައިނުގަތުމަކީ އެންމެ ރަގަޅު ގޮތް ކަމަށެވެ.

އަބްދުއްރަހީމް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވީ، އީސީގެ މެންބަރު އަހުމަދު ހަބީބާ އެމަނިކުފާނާ ދެމެދު ދެކެވުނު ވާހަކަތަކަކަށް ނިސްބަތް ކުރައްވާކަމަށް ބައެއް ބޭފުޅުން އިއްތިފާގުވެއެވެ. އީސީގެ މެމްބަރު ހަބީބު ފޯނުން އަބްދުއްރަހީމް އާ ދެއްކެވި ވާހަކަތަކުގައި ޕީއެންސި އާ އަދި ޕީޕީއެމް އާ ވެސް ޒާތީ ހަސަދައެއް އީސީގެ މެންބަރުންގެ ހިތްތަކުގައި އޮތް ކަމަށް ވިދާޅުވެފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިއެއްގެ ހައިޞިއްޔަތުން ޕާޓީތަކުގެ މެދުގައި އީސީން ގެންގުޅޭ ތަފާތުކުރުންތައް ބަލައި ނުގަނެވޭނެ ކަމަށްވެސް އަބްދުއްރަހީމް ވަނި ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...