ޕީއެންސީގެ ފޯމްތައް ޞައްޙަ ނޫންނިއްޔާ އެހެން ޕާޓީތަކުގެ ފޯމުތަކެއްވެސް ޞައްޙައެއް ނުވާނެ: ނިހާން

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ އުފައްދަން އެޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމްތައް ޞައްޙަ ނޫން ކަމުގައިވަނީ ނަމަ، އެހެން ސިޔާސީ ޕާޓީތައް އުފައްދަން ހުށަހެޅި ފޯމްތައްވެސް ޞައްޙަ ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީއެންސީގެ ބައެއް ފޯމުތައް ޞައްޙަ ނޫންކަމަށް ވާނަމަ ރާއްޖޭގައި މި ވަގުތު ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފޯމުތައް ޞައްޙަ ނުވާނެކަމުގައެވެ. ރައްޖޭގައި މިވަގުތު ހަރަކަތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްވެސް އުވާލަން ޖެހޭ ފަދަ މޭރުމަކުން ވިދާޅުވެ ނިހާން ވަނީ ޕާޓިތައް އުވަލަން އީސީ އަށް ގޮވަލާފަ. ނިހާން އެހެން ވިދާޅުވީ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ މުއައްސިސްކަމުގައި އުފެއްދެވުމަށް މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބައެއް ފޯމުތައް ޞައްޙަ ނޫންކަމަށް އީސީ އިން ނިންމާފައިވަނިކޮށެވެ.

އީސީން އެފަދަ ގޮތަށް ނިންމާފައިވާއިރު ޕީއެންސީ އުފެއްދުމަށް 4000 ފޯމް ހުށަހެޅިތާ 24 ގަޑިއިރުވެސް ނުވަނީސް އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވަނި ޕީއެންސީ އުފެއްދުމަށް ހުށަހެޅި ފޯމްތަކުގައި މައްސަލަ ހުރިކަމަށް ވިދާޅުވެފައެވެ. ޕީއެންސީ އުފެއްދުމަށް ހުށަހެޅި 4000 ފޯމްގެ ތެރެއިން ޞައްހައީ އެންމެ 1950 ފޯމް ކަމަށް ޗެނެލް 13 އަށް ވަނީ ކަށަވަރުވެފައެވެ. މީގެ ކުރިން ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުށަ ހެޅި އެއްވެސް ފޯމެއްގައި މައްސަލަނެތި ފަޓާސް ބަރިއެއްހެން ގުނާ ނިންމާލަފައިވާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...