ސަލާ ފެންނާނެކަމުގެ އުއްމީދެއް ނެތް: މީޑިއާ ރިޕޯޓް

ކާޑިފް ސިޓީއަށް ދާދިފަހުން ސޮއި ކުރި އާޖެންޓިނާގެ ފޯވާޑު އެމިލިއާނޯ ސަލާ ފެންނާނެ ކަމުގެ އުއްމީދު ކުޑަވެއްޖެކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. 

އެފަދައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ސަލާ ވޭލްސްއަށް ދިއުމަށް ދަތުރުކުރި ޖެޓްގެ ތެރޭގައި ހުރެ އޭނާ ކުރި ވަޓްސްއަޕް މެސެޖްތަކެއްގެ ސަބަބުންނެވެ. އެ މެސެޖުތަކުގައި އޭނާ ވަނީ ޖެޓު ތޫފާނެއްގައި ޖެހުމުން ސަލާމަތްވާނެކަމުގެ އުންމީދެއް ނެތްކަމަށް ބުނެފައެވެ.

ސަލާ ދަތުރުކުރި ޖެޓު ގެއްލިފައިވަނީ ގޯންސީ ޗެނަލް އައިލެންޑުގެ ކައިރިންކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރޭ. މެޓް އޮފީހާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ އެ ސަރަހައްދަށް އެދުވަހު މޫސުން ގޯސްކަމަށެވެ. އަދި އެ ސަރަހައްދަކީ ތަފާތު އެކި ހާދިސާތައް ހިނގާފައިވާ ސަރަހައްދެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސަލާއާއި އެކު އެ ޖެޓުގައި ދެން ހުރީ ޖެޓް ދުއްވާ ޕައިލެޓް އެކަނިކަމަށް އާޖެންޓިނާގެ މީޑިއާތަކުން ބުނެއެވެ. އަދި އެ ދެމީހުން ހޯދުމަށް ފްރާންސްގެ ފުލުހުންނާއި ގޯންސީ އައިލެންޑެގެ ކޮސްޓްގާޑުގެ އިތުރުން އިނގިރޭސި ވިލާތުން މަސައްކަތް ކުރަމުން އަންނަކަމަށް ބޭރުގެ މީޑިއާތަކުން ހާމަކުރެއެވެ.

ސަލާ ގެއްލުމައި ގުޅިގެން އޭނާއަށް ސަޕޯޓް ކުރާ ފަރާތްތަކުން ދަނީ އެކަމުގެ ހިތާމައިގައި އެއްވުންތައް ބާއްވަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...