އިސްރާއީލުން އީރާނުގެ ޖަމާއަތްތަކަށް ހަމަލާ ދޭން ފަށައިފި

ސީރިޔާގައި ހަރަކާތްތެރިވަމުންދާ އީރާނުގެ ޖަމާއަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާ ދޭން ފަށައިފިއެވެ

އެ ހަމަލާތަކާއި ގުޅިގެން ސީރިޔާއާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ އެ ޤައުމުގެ ޑިފެންސް ސިންސްޓަމްތައް ބޭނުންކޮށްގެން އެ ހަމަލާތައް ހުއްޓުވާލާފައިވާކަމަށެވެ. ސީރިއާގެ ދިމިޝްކުގައި ދިން އެ ހަމަލާތަކާއި ގުޅިގެން މަންޒަރު ދުށް ފަރާތްތަކުން ވަނީ ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

އެ ހަމަލާތަކާއި ގުޅޭގޮތުން އިސްރާއީލުން ބުނީ އެ ހަމަލާތަކަކީ ސީރިޔާގައި ހަރަކާތްތެރިވާ 'އީރާނިއަން ރިވަލޫޝަނަރީ ގާޑްސް'ގެ އިސް އަސްކަރިއްޔާ ނުވަތަ ޤުދުސް ފޯސްއަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއްގެ ދަށުން ދޭ ހަމަލާތަކެއްކަމަށެވެ. އަދިި މި ވަގުތު އިތުރު ތަފްސީލު ދެވެން ނެތްކަމަށް އެ ޤައުމައި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ސީރިއާގައި ތިބި އީރާނުގެ ޖަމާޢަތްތަކަށް އިސްރާޢިލުން ހަމަލާ ދީފައިވާއިރު ސީރިޔާގެ މަސްރަހު ދިރާސާ ކުރަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ސީރިޔާގެ ވެރިރަށް ދިމިޝްކު ހިމެނޭ ސަރަހައްދަށް ކަމަށެވެ.

އީރާނަކީ ސީރިއާގެ ރައިސް ބަޝަރު އަލް އަސަދުއަށް ތާޢިދުކުރާ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...