ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާ ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފިއެވެ.

އިނާމް ލިބުނު ފަރާތްތައް ހޮވާފައިވަނީ އިއްޔެ ރެޑްވޭވް މެގަމޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި 3 ފަރާތެއް ގުރުއަތުން ހޮވާފައިވާއިރު ތިން ވަނަ ހޯދާފައިވަނީ އައިމިނަތު ސަލާމާ އެވެ. އޭނާއަށް ލިބިފައިވަނީ 20،000ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ދެވަނައަށް ދާ ފަރާތަކަށް ރެޑްވޭވުން ދޭ 30،000ރުފިޔާގެ ފައިސާގެ އިނާމް ލިބިފައިވަނީ އަބްދުﷲ މުއިއްޒު ފުއާދުއަށެވެ. ރެޑްވޭވް އަހަރީ ބާޒާރުގެ އެންމެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ޒާހިދާ އެވެ. އޭނާއަށް ލިބިފައިވަނީ 50،000ރުފިޔާގެ ފައިސާގެ އިނާމެވެ.

އެ ރަސްމިއްޔާތު ނިންމާލުމަށް ފަހު ރެޑްވޭވުން ބުނީ އެ ޕްރޮމޯޝަން ވެގެން ދިޔައީ ކާމިޔބު ޕްރޮމޯޝަނަކަށް ކަމަށެވެ. އަދި އެ ކާމިޔާބީއާއެކު މިއަހަރު ބާއްވާ ރެޑްވޭވް ރޯދަ ސޭލްގައި ކަސްޓަމަރުންނަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބިގެންދާނެކަމަށާއި އެ ޕްރޮމޯޝަނުގައިވެސް ގިނަ އަދަދެއްގެ އިނާމް ލިބިގެންދާނެ ކަމަށް ރެޑްވޭވުން ބުނެއެވެ.

ރެޑްވޭވް އަހަރީ ބާޒާރު ޕްރޮމޯޝަނަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން މި އަހަރު ޖެނުއަރީ މަހުގެ 15ވަނ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...