ފާޅުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ފަހި ކޮށްދެނީ މި ސަރުކާރުން

ދިވެހިންނަކީ ގައުމާއި ދީނަށް އިންތިހާއަށް ލޯބިކުރާ ބައެކެވެ. އިސްލާމްދީނަކީ ދިވެހި ރާއްޖޭގެ ފަހުރެވެ. ރާއްޖޭގެ ތާރީހުގެ ދިގު މާޒީއެއް އޮތް އިރު ބޭރުގެ އެތަށް ފަރާތްތަކަކުން ވަނީ މި ކުޑަކުޑަ ދިވެހި ރާއްޖޭގައި އޮތް އިސްލާމްދިނާއި މިނިވަންކަން ނަގާލުމަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ކޮންމެ ފަހަރަަކުވެސް އެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެކަން ދިވެހިންވަނީ ދައްކުވައިދީފައެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެ ހިފުމަށްޓަަކައި ތަމަޅަ ޓައިގަރުން މި ގައުމަށް އެރީ ދިވެހި އާއިލާއެއްގެ އެއްބާރުލުމާ އެކުކަން މިއީ ދިވެހިން ދުވަހަކުވެސް ހަނދާނުން ފޮހެލާނެ ކަމެއް ނޫނެވެ. އާދެ ކެރަފާ އާއިލާ އާއި ކެރަފާ އާއިލާއެވެ. ކެރަފާ އާއިލާއިން ވަނީ ރާއްޖޭގައި އިސްލާމް ދީނާއި މިނިވަންކަން ނަގާލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިއަދުވެސް ކުރަމުންދަނީ ހަމަ އެ މަސައްކަތްތެވެ. ނަމަވެސް މިއަދު އެމަސައްކަތް ކުރަނީ ކަނޑި ބަޑިންނެތް ނޫނެވެ. ދިވެހިންގެ ފިކުރާ ކުޅެގެނެވެ.

މިއަދު ވެރިކަމުގައި ހުރީ ކުރިން ބުނި އުދުވާނީ ހަމަލާ ދިވެހި ރާއްޖެއަށް އަމާޒުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ސިއްކަ އާއިލާގެ ޅީ ދަރި އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. އެމަނިކުފާނު ވެރިކަމަށް އައުމަށް ރައްޔިތުން ގާތުގައި ވެ ވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި ދިވެހި ރައްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ނުދެެއްވާނެ ކަމަށް ހުވާ ކުރެއްވިއެވެ. މި ހުވަޔަކީ މާބޮޑު އެއްޗަކަަށް ނުވި ކަން މިއަދު އެބޭފުޅާގެ އަމަލުތަކުން ސާބިތުވާން ފަށައިފިއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު ކޮންމެ ދުވަހަކީ ސޯޝަލް މީޑިއާގައި ދިވެހީންގެ ތެރެއިން ކޮންމެވެސް އެކަކު ދީނަށް ފުރައްސާރަކޮށް ހަޖުޖަހާ ދުވަހެކެވެ. ދީނީ ކަންކަމުގައި ޖެއްސުމަށް ސުވާލު އުފައްދާއިރު އެމީހުން ދަނީ މި ބިންމަތީގައި ލެއްވި އެންމެ މާތް ފޮތް ކީރިތި ގުރުއާނުގެ އާޔަތްތަކަށް ފާޑުކިޔާ މަލާމާތްކުރަމުންނެވެ. އަދި ލޮބުވެތި ރަސޫލާއާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ދަނީ ފުރައްސާރަކުރަމުންނެވެ.

މި ނުބައި އަމަލު ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެ ޕާޓީގެއިސްވެރިންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އިބްރާއާއި ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އާނިޔާގެ ނަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން މުޙައްމަދު ނަޝީދަކީ މީގެ ކުރިންވެސް ސެކިއުލަރ ވިސްނުމަށް ފުރުސަތު ދިނުމަށް އެދި ބޮޑެތި ޕޯޑިއަމްތަކުގައި ގޮވާލައްވާފައިވާ ބޭފުޅެކެވެ. އަދި ބައިނަލް އަޤްވާމީ ޕޯޑިއަމްތަކުގައި އެއްވެސް ޖެހިލުމެއްނެތި ކީރިިތިޤުރުއާނުގެ އާޔަތްތަކަށް ވަނީ ފާޑު ވިދާޅުވެފައެވެ. އޭގެ އިތުރުން ދާދިފަހުން ޒިނޭ ހުއްދަވާ ފަދަ މޭރުމަކުން ނަޝީދުވަނީ ވާހަކަ ދައްކަވާފައެވެ.

އެފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުގައި ދީނަށް ފުރައްސާރަ ކުރާއިރު އެ ޕޯސްޓްތަކަކީ މުސްލިމަކަށްވެ ހުރެ ކިޔަން ލަދުގަންނަ އަދި ބިރުވެތިވާ ވަރުގެ ޕޯސްޓްތަކެކެވެ. އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ހުތުރު ބަސްބަހުން މުއާމަލާތްކޮށް ހަދާފައިވާއިރު ދިވެހިންގެ ގިނަބައެއްގެ ނުރުހުމުގެ ކޮމެންޓްތަށް ދަނީ ފުނިޖެހެމުންނެވެ. ނަމަވެސް ލަދު ހަޔާތުގެ ކަންފުޅެއްވެސް އެވެރިންގެ ނެތެވެ. އެއްޗެހި ގޮވާ ވަރަކަށް އެމީހުންނަށް ލިބެނީ އިތުރު ފޯރިއަކާއި ހިތްވަރެކެވެ.

ދެން ފެންނަން ފެށީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވަމުން ދިޔަ މަންޒަރެވެ. އޭގެތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިނާ ޑރ އިޔާޒްއާއި ޝެއިހު އަލީޒައިދު ފަދަ ބޭފުޅުން ދަނީ ކެނޑި ނޭޅި ނަސޭހަތްތެރިވަމުންނެވެ.

ފެންމަތިވެގެން މިއުޅޭ މައްސަލައާއި މެދު ހަމައެކަނި ފިޔަވަޅެއް އެޅި ބަޔަކީ ދިވެހި ފުލުހުންނެވެ. ނަމަވެސް ފިޔަވަޅު އެޅީ ދިމާ އިދިކޮޅަށެވެ. ދީނަށް ފުރައްސާރަ ކުރާ މީހުން އެކަން ކުރުމަށް މިނިވަންކަން ދިނުމަށްފަހު އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވާ ދީނީ އިލްމުވެރިން ފުލުހަށް ހާޒިރު ކުރި މަންޒަރެވެ. އެއާއެކު ދިވެހިންގެ ގިނަ ބަޔަކު އެކަމާއި ނުރުހުން ފާޅުކޮށް ފުލުހުންނަށް ފާޑުކިޔުމުން ދީނަށް ފުރައްސާރަކުރާ އާނިޔާ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ދޫކޮށްލާއެވެފަ. އޭގެ ފަހުން އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށްއިތުރު ހިތްވަރެއް ލިބި އިތުރަށް މަސައްކަތް ފުޅާކޮށްލިއެވެ.

މިއީ މިއަދުގެ ސަރުކާރުން މިކަމާއި ކަންބޮޑުވާ މިންވަރެވެ. ހޯމް މިނިސްޓަރގެ މަގާމުގައި ޝޭޚެއްގެ ޓެގު އަޅުވައިގެން ހުންނެވި އިމްރާން އަބްދުﷲ މި މައްސަލައާއި މެދު އެއްވެސް ބަހެއް އަދި މިހާތަނަަށް ވިދާޅުވެފަ ނުވާއިރު ސަރުކާރުގެ އިސްލާމިކް މިނިސްޓަރގެ ހިލަމެއް ނުވެއެވެ. އަދާލަތު ޕާޓީގެ އަންހެނުން ގޮފީގެ ރައީސާ އަދި މި ސަރުކާރުގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްވެސް ހުންނެވީ ލޮލަށް ނުފެންނަ އަދި އަޑު ނީވޭކަމަށް ހަދައިގެންނެވެ. މުޅި ސަރުކާރު މިކަމުގައި ހަނު އޮތް އިރު އެ ބޭފުޅުން ގައުމާއި ހަވާލުވީ ކޮން މަގުސަދެއްގައި ތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ދީނަށް އެހާ ފާޅުކަން ބޮޑުގޮތެއްގައި ފުރައްސާރަކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުމުގެ މުގުލުގައި ތިއްބެވީ ކެނެރީގެ މުޙައްމަދު ނަޝީދުއާއި ސިއްކަ އާއިލާގެ ޅީ ދަރި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފާޅުގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާއިރު ފެނިގެން ދަނީ އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން އެފަދަ ފަރާތްތަކަށް ދީނަށް ފުރައްސާރަ ކުރުމުގެ މިނިވަންކަން ދީގެން ތިއްބަވާ މަންޒަރެވެ. މިއީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގައި ފެނިގެންވާނެ ކަމެއްނޫނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...