ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި 7 ޕޮއިންޓުގެ ތަފާތަކުން ހަމަޖެހިލައިފި

ފޮޓޯ: ގެޓީ އިމޭޖަސް

ސަލާހުގެ 50ވަނަ ގޯލާއެކު ޕްރިމިއަރ ލިގު ތާވަލުގެ އެއްވަނާގައި ލިވަޕޫލުން ހަމަޖެހިލައިފިއެވެ.

ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަދި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުން ލިވަޕޫލް ކުރި ހޯދާފައިވަނީ 4-3ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައ ގިނަ ގޯލުތަކެއް ފެނިގެން ގޮސްފައިވާއިރު ސަލާހުވަނީ ދެ ގޯލު ކާމިޔާބު ކޮށްފައެވެ. އެގޯލު ވެގެން ދިޔައީ އޭނާ ލިވަރޕޫލަށް ކާމިޔާބުކޮށްދިން 50ވަނަ ގޯލަށެވެ. އަދި އެއާއެކު ސަލާހު ވަނީ މި ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިން ބަލާ ލިސްޓުގައިވެސް ތަފާތު ބޮޑު ގޮތަކަށް ކުރި ހޯދާފައެވެ.

ރޭ ކުޅުނު އެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެހެންނަމަވެސް މެޗުު ނިމެން ދަނިކޮށް ލިވަޕޫލްގެ ޖޭމްސް މިލްނާއަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

އެ މެޗާއި ގުޅިގެން ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބޫނީ ތަފާތު ސަބަބުތަކާއި ހުރެ އޭނާއަށް އެ މެޗު އުދަނގޫވާނެކަން ކުރިންވެސް އެނގުނުކަމަށެވެ. އަދި ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިންނަކީ މޮޅު ކުޅުންތެރިންކަމަށާއި ލިވަޕޫލުގެ ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭކަަމަށް އޭނާ ވަނީ ބުނެފައެވެ.

ރޭގެ މެޗަށްފަހު ލިވަޕޫލް ވަނީ 60 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...