މޯދީއާއި ދެކޮޅަށް އިންޑިއާގައި މުޒާހަރާކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ބައި މިލިއަނަށްވުރެ ގިނަ މީހުން ނުކުމެއްޖެއެވެ.

އިންޑިއާގެ ކަލްކަތާގައި އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާއަކީ އަންނަ މެއި މަހު ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިހާބާ ދިމާކޮށް ކުރިއަށްގެންދިޔަ އެއްވުމެެކެވެ. "ޔުނައިޓް އިންޑިއާ"ގެ ނަމުގައި ބޭއްވި އެ މުޒާހަރާގައި 20އަށް ވުރެ ގިނަ ޕާޓީން ބައިވެރިވެފައިވާއިރު އެ ޕާޓިތަކުން ބުނަމުން ދަނީ މޯދީގެ ސަރުކާރުގެ މުއްދަތު ހަމަވެފައިވާކަމަށެވެ.

އިއްޔެ ކުރިއަށްގެންދިޔަ އެ އެއްވުމުގައި ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ވެސްޓް ބެންގާލް ސްޓޭޓުގެ ޗީފް މިނިސްޓަރު މަމަތަ ބަނެރުޖީ ވިދާޅުވިކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާއިރު އެ ސްޓޭޓްގެ ފުލުހުންގެ ވެރިޔާ ރާޖީވް ކުމާރު ވިދާޅުވެފައިވަނީ މުޒާހަރާގައި ބައިވެރިވީ ފަސް ލައްކަ މީހުންކަމަށެވެ. 

އިއްޔެ ކަލްކަތާގައި ކުރި އެމުޒާހަރާގައި ސަރުކާރުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ބައިވެރިވެވަޑައި ނުގަނެވި ނަމަވެސް އެޕާޓީގެ ކުރީގެ ލީޑަރު ސޯނިއާ ގާންދީ އެމުޒާހަރާއަށް ވަޑައިގެން ވާހަކަ ދައްކަވާފައި ވާކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

މޯދީއާއި ދެކޮޅަށް މުޒާހަރާ ކުރުމުން އޭނާ ވިދާޅުވީ އެއީ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކުރިއަށްގެންދިޔަ މުޒާހަރާއެއްކަމަށެވެ. އަދި އެއީ އޭނާއާއި ދެކޮޅު އިއްތިހާދެއް ނޫންކަމަށާއި އެއި އިންޑީއާއާއި އިދިކޮޅު އިއްތިހާދެއްކަމަށް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުންނާއި އިގުތިސާދީ ހަމަހަމަކަން ކުޑަވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ ސަރުކާރާ މެދު ނުރުހުން ފާޅުކޮށްފައި އަދި މޯދީއަށް ތާޢީދު ކުރާ މީހުން އެ ޤައުމުގައި މަދުވަމުން ދާކަމަށްވެސް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ތިން ސްޓޭޓެއްގައި ބޭއްވި މަޖިލިސް އިންތިހާބުން މޯދީގެ ޕާޓީ ބާރްތިޔަ ޖަނަތާ ޕާޓި ބީޖޭޕީ ވަނީ ނާކާމިޔާބުވެފައެވެ. އެ ސްޓޭޓުތަކުގެ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކުރީ އިދިކޮޅު މައި ޕާޓީ ކޮންގްރެސް އިންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...