މަޖިލިސް އިންތިޚާބަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އީސީން ފަށައިފި

އީސީން ފ.ނިލަންދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ؛ އީސީ

ކުރިއަށްް އިޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އެގޮތުން އެ ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ފަށާފައިވަނީ ފ.އަތޮޅު ނިލަންދޫގައެވެ. އިލެކްޝަން ކޮމިޝަނުގެ ނާއިބް ރައީސް، އަމްޖަދު މުސްތަފާ އާ ހަވާލާދީ ބައެއް މީޑިޔަތަކުގައި ހާމަކޮށްފައިވާ ގޮތުގައި އެ ޕްރޮގްރާމަކީ މިއަހަރުގެ މަޖިލިސް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިންތިހާބާއި ގުޅުންހުރި ކަންތައްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޕޮރޮގްރާމެއް ކަމަށެވެ. އެ ޕޮރޮގްރާމްގައި ރީ ރަޖިސްޓްރޭޝަން ކުރިޔަށްދާނެ ގޮތާއި، ވޯޓުލާން ރަޖިސްޓްރީ ކުރާ ލިސްޓަށް ޝަކުވާ ހުށަހަޅާނެ ގޮތްތަކުގެ އިތުރުން، ވޯޓުލާ ދުވަހު ކުރުން މަނާ ކަންތައްތަކާއި، ވޯޓުލުން ކުރިޔަށްދާނެ ގޮތްތައް ކިޔާދެވިގެންދާނެ ކަމަށްވެސް ބުނެފައިއެވެ.

އަދި އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކާއި، ސުލޫކީ މިންގަނޑުތައް ބުނެދެވޭނެ ކަމަށާއި އަދި އިންތިހާބީ ކުށްތަކާއި ގާނޫނުގައި އެކުށްތަކަށް ކަނޑައެޅިފައި ހުރި އަދަބުތައްވެސް ކިޔާދެވޭނެ ކަމަށްވެސް އަމްޖަދު އާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

އެ ޕްރޮގްރާމްތައް ކުރިޔަށްގެންދާނީ އިލެކްޝަނުން ކަނޑައަޅާ ވަކި ދާއިރާތަކެއްގެ ވަކި ރަށްތަކެއްގައެވެ. އެގޮތުން، ރާއްޖޭގެ 9 އަތޮޅެއްގެ 28 ރަށެއްގައި އެ ޕޮރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވ. އަމްޖަދު ވިދާޅުވީ ފ.ނިލަންދުގައި ފެށި ޕޮރޮގްރާމް ކުރިޔަށްގެންދިއުމަށް ފަހު ފ.ބިލެތްދޫގައި އެ ފްރޮގްރާމް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލްމަހުގެ ހަ ވަނަ ދުވަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...