ކޮލަމްބިއާގައި ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ

ކޮލަމްބިއާގެ ޕޮލިސް އެކެޑަމީގައި ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެއެވެ.

ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގައި ދިން އެ ހަމަލާ ދީފައިވަނީ ފުލުހުން ތަމްރީނު ކުރަމުންދާ އެކެޑެމިގައި އޮތް ޓްރަކެއްގައި ހަރުކޮށްލައިގެން ކަމަށް ބޭރުގެ މީޑިއާތައް ރިޕޯޓްކުރެއެވެ. އަދި ޓެރަރިޒަމް ގެ އެހަމަލާ ދިނީ 80 ކިލޯގެ އެކްސްޕްލޯސިވް ބޭނުންކޮށްގެން ކަމަށް އެ ޤައުމުގެ ޑިފެންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ސަރުކާރުން ވަނީ ޤައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފައެވެ. އަދި އެއީ ފާއިތުވި 16 އަހަރު ތެރޭގައި އެ ޤައުމަށް ދިން އެންމެ ބޮޑު ހަމަލާކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެހާދިސާގައި 21 މީހުން މަރުވެ 68 މީހަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި ހަމަލާ ދިން މީހުންވެސް ހިމެނޭކަމަށް އެ ޤައުމުގެ ޑިފެންސް މިނިސްޓްރީއިން ވަނީ ބުނެފައި. އެ ހަމަލާގެ އިތުރު ތަހުގީގުތައް މިހާރު ކުރިއަށްދާކަމަށް ފުލުހުންނާއި ހަވާލާދީ ކޮަލަމްބިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...