ލިބުނު އަނިޔާއަކާއި ގުޅިގެން ކޭން ފުޓްބޯޅައާއި ދުރަށް!

ޓޮޓެންހަމްގެ މަޤްބޫލު ފޯވާޑް ހެރީ ކޭންއަށް ލިބުނު އަނިޔާގެ ސަބަބުން މާޗު މަހުގެ ނިޔަލަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގައި ކޭންގެ ވާތު ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާވެފައިވާއިރު، އެ އަނިޔާއާ ގުޅިގެން އިތުރު ޓެސްޓުތަކެއް ހަދައި، އަނިޔާ އިން ރަނގަޅުވުމުގެ މަސައްކަތް އެ ކްލަބުގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ކޭން ކުރިއަށްގެންދާނެ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކޭންއަށް އަނިޔާވި އެ މެޗުން ޓޮޓެންހަމް ވަނީ އަތުން 1-0ގެ ނަތީޖާއިން ބަލިވެފައެވެ. ޓޮޓެންހަމާއި ހަވާލާދީ ބޭރުގެ މީޑިއާތައް ރިޕޯޓްކުރާގޮތުގައި ކޭން އަލުން އެނބުރި ފަރިތަކުރުންތަކަށް ނިކުންނާނެ ކަމަށް ބެލެވެނީ މާޗު މަހުގެ ކުރީކޮޅު ކަމަށެވެ.

ކޭންގެ ކުޑަހުޅަށް ލިބުނުއަނިޔާއާއި ގުޅިގެން އޭނާ އަށް އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި، ޕްރިމިއާ ލީގުގައި އާސެނަލް އާއި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބްރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ޓޮޓެންހަމް އިން ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

ކޭންގެ ސަޕޯޓަރުން ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި އަވަހަށް އޭނާ ދަނޑުން ފެންނާނެކަމަށް އުއްމީދުކުރާކަމަށް ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...