އިސްރާއީލާއި ގުޅުންހުރި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާނަން: މެލޭޝިއާ

މެލޭޝިއާގެ ފޮރިން މިނިސްޓަރ. ފޮޓޯ: އަލްޖަޒީރާ

އިސްރާއީލާއި ގުޅުންހުރި އެއްވެސް ހަރަކާތެއް މެލޭޝިއާގައި ކުރިއަށް ނުގެންދާނެކަމަށް އެ ޤައުމުން ބުނެފިއެވެ.

އެކަމާއި ގުޅޭގޮތުން ވަހަކަދައްކަވަމުން މެލޭޝިއާގެ ފޮރިން މިނސްޓަރ ސައިފުއްދީން އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތްތާނގައި އިސްރާއީލާއި ގުޅުންހުރި އެއްވެސް ހަރަކާތެއް އެ ޤައުމުގައި ނުހިންގާނެ ކަމަށާއި 'ޕަރާ' ފެތުމުގެ މުބާރާތުގައި އޮސްރާއީލުގެ ފެތުންތެރިންނަށް ބައިވެރި ނުވެވޭގޮތައް ނިންމި ނިންމުން ބަދަލު ނުކުރާނެކަމަށެވެ.

'ޕަރާ' ފެތުމުގެ މުބާރާތަކީ 2020ވަނަ އަހަރު އޮންނަ ޓޯކިޔޯ ޕެރަލިމްޕިކްސްއަށް ކޮލިފައިވުމަށް ކުރިއަށްގެންދާ މުބާރާތެކެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ޤައުމުގެ މިނިސްޓަރުންގެ ކެބިނެޓް ބައްދަލުވުމުގައި އިސްރާއީލުގެ އެއްވެސް ފަރާތަކަށް މެލޭޝިއާއަށް ނުވަދެވޭގޮތައް ނިންމާފައިވާކަމަށެވެ.

މެލޭޝިއާއިން އެފަދައިން ނިންމާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި މެދު ކަންތައް ކުރަމުންދާ ގޮތުގެ ސަބަބުންކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން މެލޭޝިއާއިން ވަނީ އިސްރާއީލުގެ ވެރިރަށަކަށް ގުދުސް ހެދުމުން އެކަން ކުށްވެރިކުރައްވާ ބަޔާނެއް ނެރެފައެވެ.

މެލޭޝިއާއަކީ ދުނިޔޭގެ މުސްލިމް ޤައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޤައުމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...