މޯލްޑިވިއަނުން ތިމަރަފުއްޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި

ފޮޓޯ: އަވަސް އޮންލައިން

ތ. އަތޮޅު ތިމަރަފުށި އެއަރޕޯޓަށް ރާއްޖޭގެ ޤައުމީ އެއަރލައިނުން ރޭގަނޑުގެ ދަތުރުތައް ފަށައިފިއެވެ.

ރޭގަނޑުގެ ދަތުރުތައް ފެށުމުގެ ގޮތުން އެ ރަށުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައި. ރޭ ބޭއްވި އެ ހަފްލާގައި އެ އެއަރޕޯޓަށް ވަނީ ރޭގަނޑު ޖައްސާ ފުރަތަމަ ބޯޓު ޖައްސާފައެވެ. އެ ފްލައިޓުގައި ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ވަނީ އެ ރަށަށް ވަޑައިގެންފައެވެ.

2013ވަނަ އަހަރު ހުޅުވާލި އެ އެއަރޕޯޓަށް މިހާރު ރޭގަނޑުގެ ދަތުރުތައް ފަށާފައިވާއިރު ޤައުމީ އެއަރލައިނުން ބުނީ އެ އެއަރލައިންގެ މަގްސަދަކީ ރާއްޖޭގެ ކަންކޮޅުތަކަށް ކުރަމުން އަންނަ ދަތުރުތައް ގިނަކުރުމަށްކަމަށެވެ.

ތިމަރަފުށްޓަށް ރޭގަނޑުގެ ފްލައިޓުތައް ފަށާފައިވާއިރު މޯލްޑިވިއަނުން ވަނީ އެ ކުންފުނިން ޓިކެޓް ވިއްކާ އަގުތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވައިގެ މަގުން ދަތުރުފަތުރު ކުރުމަށް އެއަރޕޯޓުތައް ޤާއިމްކުރައްވާފައެވެ. އަދި އޭރު އިދިކޮޅު ފަރާތްތަކުން އެއީ ބޭކާރުކަމެއްކަމަށާއި ރާއްޖެއަށް ބޭނުންވަނީ ފެރީގެ ނިޒާމުކަމަށް ބުނިނަމަވެސް މިއަދު އެ ފަރާތްތަކަށްވެސް ވަނީ ރައީސް ޔާމީންގެ ސިޔާސަތުތައް ކަމުގޮސްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...