ސިއްޙަތު: ކޮފީ ބުއިމުން ހަށިގަނޑަށް ލިބޭ ފައިދާތައް

ކޮފީ އަކީ ވަރަށް ގިނަ މީހުން، އާއްމުކޮށް ބޮއެ އުޅޭ ބުއިމެކެވެ.

ކޮފީ ބުއިމުން، ހަށިގަނޑަށް ފައިދާވެސް ލިބެއެވެ. އަދި ކޮފީ މާގިނައިން ބޯނަމަ، އެކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންވެސ ްލިބެއެވެ.
މިލިޔުމުގައި މިހިމަނާލަނީ ކޮފީ ބުއިމުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

 ކޮފީ ބުއިމަކީ ހަކުރު ބަލީގެ ވައްތަރެއް ކަމަށްވާ "ޑައިބެޓިކް2"އިން އިންސާނާ ދުރުކޮށްދޭ ކަމެކެވެ. ދުވާލަކު 6 ތަށި ކޮފީބޯ މީހުންނަށް "ޑައިބެޓިކް2" ޖެހުމުގެ ފުރުސަތު 22 އިންސައްތަ ކުޑަވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ކޮފީ ބުއިމުން ޑިޕްރެޝަން އިން ދުރުކޮށްދޭކަން އެނގޭހެއްޔެވެ؟ ޑިޕްރެޝަން ބަލި އެންމެ މަދުން ތަހައްމަލް ކުރާ މީހުންގެ ތެރޭގައި އާއްމުކޮށް ކޮފީ ބޯ މީހުން ހިމެނޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮފީ ބުއިމުން ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ކޮރެއާގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު 3 ނުވަތަ 5 ތަށި ކޮފީ ބޯ މީހުން ހިތުގެ ބަލީގެ އެންމެ ފުރަތަމަ އަލާމާތްތަކުން ދުރުކޮށްދެއެވެ.

ކެންސަރަކީ އެބައްޔަކާމެދުގައި އެތައް ބަޔަކު ކަންބޮޑުވާ އަދި ޖެހިލުންވާ ބައްޔެކެވެ. އާއްމުކޮށް ކޮފީ ބޯނަމަ،ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ.

ބަރުދަން ލުއި ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް ކޮފީ ބޯ މީހަކަށް މިއީ އުނދަގޫ ކަމެއް ނޫނެވެ. ކޮފީ ބުއިމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނަސް އެންމެ އެދެވިގެންވާ ގޮތަކީ ކަސްރަތުކޮށްގެން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމެވެ.

ކޮފީ އަކީ ސިއްހަތަށް ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށް ވިޔަސް، މާގިނައިން ކޮފީ ބުއިމަކީ އެހާ އެދެވިގެންވާ ކަމެއް ނޫންކަންވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެގޮތުން މާ ގިނައިން ކޮފީ ބޭނުން ކުރުމުގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ލިއްބައިދޭނެ ކާނާ ބޭނުން ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...