ލަލީގާގައި މެސީ 400 ގޯލު ކާމިޔާބުކޮށްފި

ފޮޓޯ: ރޮއިޓަރސް

މެސީގެ 400ވަނަ ލަނޑާއެކު ބާސެލޯނާ ލީގު ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ބާސެލޯނާއާއި އެއިބަރ ބައްދަލު ކުރި މެޗުން ބާސެލޯނާ މޮޅުވެފައިވަނީ 0-3ގެ ނަތީޖާއިންނެވެ.

ބާސެލޯނާއަށް އެ ޓިމުގެ ފުރަތަމަ ލަނޑު މެޗުގެ 19ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކުޅުންތެރިޔާ ލުއިސް ސުވަރޭޒް އެވެ. މެޗުގެ 53ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ސުއަރޭޒް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ.

އެ ލަނޑު ވެގެން ދިޔައީ މެސީގެ 400 ވަނަ ލަނޑަށް. އަދި އެލަނޑަށްފަހު އޭނާ ވަނި ސްޕެނިޝް ލަލީގާގައި 400 ގޯލު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މެސީގެ އެ ލަނޑަށްފަހު މެޗުގެ 59ވަނަ މިނެޓުގައި ސާޖީ ރޮބަރޓޯ ދިން ޕާހަކުން ސުއަރޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ރޭގެ މެޗު ނިމިގެން ދިޔައީ އެއިބަރއަށް އެއްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ރޭގެ މެޗަށްފަހުު ލީގު ތާވަލުގެ އެއްވަނަ ބާސާއިން ހޯދާފައިވަނީ 43 ޕޮއިންޓާއެކުގައެވެ. ދެވަނާގައި 38 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތް އިރު 33 ޕޮއިންޓާއެކު ތިންވަނާގައި އޮތީ ސެވިއްޔާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...