އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ކުޑަކޮށްފި

އެސްޓިއޯއިން ވިއްކާ ޑީސަލް އަދި ޕެޓްރޯލުގެ އަގު ބޮޑުތަނުން ކުޑަ ކޮށްފިއެވެ.

އެސްޓިއޯއިން މަޢުލޫމާތު ދޭގޮތުގައި ޑީސަލާއި ޕެޓްރޯލުން އަގުހެޔޮކޮށްފައިވަނީ ކޮންމެ ޑީސަލް ލީޓަރަކުން ދެ ރުފިޔާ އަދި ކޮންމެ ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާކަމަށެވެ. އެގޮތުން ކުރިން 11.99ރ އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބެން ހުންނާނީ 9.99ރ އަށްކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ކުރިން 11.19ރ އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު މިއަދުން ފެށިގެން ވިއްކަމުންދާނީ 10.19ރ އަށްކަމަށް އެސްޓިއޯއިން ބުނެއެވެ.

އެސްޓީއޯއިން އެކުންފުނިން ވިއްކާ ތެލުގެ އަގު ކުޑަކޮށްފައިވާއިރު އެ ކުންފުނިން ބުނީ އެ ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެންކަމަށެވެ. އަދި ބަދަލު ގެނެވުނު އަގުތަކާއެކު މިއަދުންފެށިގެން ޕެޓްރޯލް ވިއްކަމުންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...