ވާދަކުރާ ދާއިރާތައް އަދި ކަނޑައަޅާފައި ނުވާނެ: ޖޭޕީ

ޖުމްހޫރީ ޕާޓީއިން ވާދަކުރާ ދާއިރާތައް އަދި ކަނޑައަޅާފައި ނުވާނެކަމަށް އެ ޕާޓީއިން ބުނެފިއެވެ. 

އެފަދައިން އެ ޕާޓީއިން ބުނެފައިވަނީ އެ ޕާޓީން 22 ދާއިރާއަކަށް ކެނޑިޑޭޓުން ވާދަކުރާނެކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވުމާއި ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ވަހީދު ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އަދި މިހާތަނަށް ޖޭޕީއިން ވާދަ ކުރާނީ ކިތައް ދާއިރާއަށްކަމެއް ނިންމާފައި ނުވާނެކަމަށެވެ. އަދި އެ ދާއިރާތަކަކީ ކޮބައިކަމާއި ދާއިރާތަކަށް ވާދަކުރައްވާނެ ކެންޑިޑޭޓުން ނަގާނެ ގޮތެއްވެސް ނިންމާފައި ނުވާކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ މިނިސްޓަރ މަލީހު ޖޭޕީއިން 22 ދާއިރާއަކަށް ވާދަކުރާނެކަމަށް ވިދާޅުވީ ކޯލިޝަން އެއްބަސްވުމަށް ރިއާޔަތްކޮށްކަމުގައި ދެކިލައްވާކަމަށެވެ.

ޖޭޕީގެ ތަރުޖަމާނު އެފަދައިން ވިދާޅުވެފައިވާއިރު ޖޭޕީއިން ވަނީ އެންމެ ފަހުން އެ ޕާޓީއިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...