ހުޅުމާލޭގައި އަންހެނަކު މަރުވި މައްސަލައެއް ފުލުހުން ބަލަނީ

ހުޅުމާލޭގައި 27 އަހަރުގެ އަންހެނަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ރޭގެ ވަގުތެއްގައި މަރުވި އެ އަންހެންމީހާ މަރުވެފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުންކަމަށް މަޢުލޫމާތު ލިބެއެވެ. އެ ހޮސްޕިޓަލަށް އެ އަންހެން މީހާ ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ރޭ 9:30ގައި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް މަރުވެފައި އޮތް މީހަކު ގެންދިޔަ ކަމުުގެ ޚަބަރު ލިބިފައިވާކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަޙުގީގު ކުރަމުންދާކަމަށްވެސް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.

ފުލުހުން އެފަދައިން މަޢުލޫމާތު ދީފައިވާއިރު ރާއްޖޭގެ ބައެއް ނޫސްތަކުން ވަނީ އެއަންހެން މީހާ މަރުވީ ޕާޓީ ޑްރަގް ބޭނުންކޮށްގެން އޯވަޑޯޒް ވެގެން ކަމަށް ބުނެފައވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޕާޓީ ޑްރަގް ބޭނުން ކޮށްގެން މީގެ ކުރިންވެސް ހުޅުމާލޭގައި ދެ ޒުވާނަކު ވަނީ މަރުވެފައެވެ.

މީގެއިތުރުން މާލޭގެ ގެއެއްގެ ތެރެއިންވެސް މަރުވެފައި އޮތް ޒުވާނަކު ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މަރުވެފައި އޮތް މީހާ ފެނުނީ މ. ރަމާގުލްޝަން ނަމަކަށް ކިޔާ ގެއެއްގެތެރޭގައިކަމަށާއި މަރުވެފައި އޮތް މީހާގެ އުމުރަކީ 27 އަހަރުގެ ފިރިހެނެއްކަމަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...