މުންދުއާއި ޚަލީލް ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންފި

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވައި މުޙައްމަދު ހުސައިން ޝަރީފު (މުންދު) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓިއައި ގުޅިވަޑައިގެންފިއެވެ.

މުންދު އެކަން ކަށަވަރު ކޮށްދެއްވާ ވިދާޅުވީ އޭނާ ޕީޕީއެމްގެ އެސްޖީ ކަމުން އިސްތިއުފާދެއްވައި، ޕީޕީއެމުން ވަކިވުމަށްފަހު ކޮންގްރެސް ޕާޓިއާއި ރަސްމީކޮށް ސޮއިކޮށްފައިވާކަމަށެވެ. މުންދު ވަނީ އޭނާ ކޮންގްރެސް ޕާޓިއަށް ސޮއި ކުރައްވާ އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ފޯމު ހަވާލު ކުރާ ފޮޓޯއެއްވެސް އާއްމުކުރައްވާފައެވެ.


މުންދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމުގެ ކުރީގެ އެސްޖީ ޑރ. އަބްދުﷲ ޚަލީލްވެސް ވަނީ ކޮންގްރެސް ޕާޓިއާއި ގުޅިވަޑައިގެންފައެވެ.

ކޮންގްރެސް ޕާޓީއިން ވަނީ އެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ގޮތުން މިހާތަނަށް 4000 ފޯމު އިލެކްޝަންސް ކޮމިޝަނާއި ހަވާލުކޮށްފައެވެ. އަދި ދިހަ ހާހާއި ގާތްކުރާ އަދަދަކަށް މީހުން އެ ޕާޓީއަށް ވަދެފައިވާކަމަށް މީގެ ކުރިން އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...