އެމެރިކާގެ ފުލުހުން ރޮނާލްޑޯގެ ޑިއެންއޭ ހޯދަނީ!

ފޮޓޯ: ގެޓީ އިމޭޖެސް

ރޭޕްގެ މައްސަލައެއްގައި ޑީއެންއޭ ދިނުމަށް އެމެރިކާގެ ފުލުހުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަންގައިފިއެވެ.

އެމެރިކާގެ ލަސްވޭގަސްގެ ފުލުހުން ނެރުނު ވޮރެންޓެއްގައި ބުނެފައިވަނީ ޔުވެންޓަސްގެ ފޮވާޑް ރޮނާލްޑޮގެ މައްޗަށް ރޭޕްގެ ތުހުމަތު ކޮށްފައިވާ ތަހުގީގަށް އޭނާގެ ޑީއެންއޭ ބޭނުންވާކަމަށެވެ. އެ ތުހުމަތަކީ 2009ވަނަ އަހަރު ލަސްވޭގަސްގެ ހޮޓަލެއްގެ ތެރޭގައި ކެތެރީން ނަމަކަށް ކިޔާ އަންހެނަކު ރޭޕްކޮށްފައިވާކަމަށްބުނެ އޭނާ ކޮށްފައިވާ ތުހުމަތެކެވެ.

އެ މައްސަލަ ލަސްވޭގަސްގެ ފުލުހުން ތަޙުގީގުކުރަމުން އަންނައިރު ރޮނާލްޑޯ ވަނީ އެކި ފަހަރުމަތިން އެ ކަމަށް އިންކާރުކޮށްފައެވެ. ފުލުހުން ރޮނާލްޑޯގެ ޑީއެންއޭއަށް އެދުމުން އޭނާގެ ވަކީލު ޕީޓަރ ބުނެފައިވަނީ ފުލުހުންނަށް ޑީއެންއޭއަށް ނުއެދެވޭނެކަމަށެވެ.

ރޮނާލްޑޯގެ މައްޗަށް ކުރެވޭ އެ ތުހުމަތުގައި އޭނާގެ ޑީއެންއޭ ހޯދުމަށް މިހާރުވަނީ އިޓަލީގެ ކޯޓަށްވެސް ފޮނުވާފައެވެ. އެގޮތުން ލަސްވޭގަސްގެ ފުލުހުން ބުނެފައިވަނީ ޑީއެންއޭ ހޯދުމަށް ރަސްމީ ލިޔުމެއް ފޮނުވާފައިވާނެކަމަށެވެ. އަދި އެ މައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވުމުން އިތުރު މަޢުލުމާތު ދެވެން ނެތްކަމަށްވެސް ލާސްވޭގަސްގެ ފުލުހުން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...