ވިހަ އޮށަކުން ފަޅާ ގަހަކުން ލިބޭނީވެސް ވިހަ މޭވާ: ސިއްދީގު

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު. ފޮޓޯ: ޗެނެލް 13

ވިހަ އޮށެއް އިންދައިގެން ފަޅާ ގަހަކުން ލިބޭނީވެސް ވިހަ މޭވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ޞިއްދީގު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކޮމިޝަންެގެ ރައީސް އަހުމަދު ޝަރީފު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ކުރެއްވި ޓުވީޓެއްގައި ޞިއްދީގު ވިދާޅުވީ، ޝަރީފުގެ ބަސްމަގު ހުރި ގޮތުން ދޭހަވަނީ ވަކި ބަޔަކަށް ޒާތީ ހަސަދައެއް ފިލުވާލަން ފައިވިއްދާލާފައި ހުންނެވި ހުންނެވުމެއްގެ ގޮތުގައި ކަމަށެވެ. އަދި ޝަރީފުގެ ވާހަކަތަކަކީ ވަކި ބަޔަަކަށް ޖެއްސުންކުރުމުގެ ނިޔަތުގައި ވިދާޅުވި ވާހަކަތަކެއްގެ ގޮތުގައި ސިއްދީގުގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އެ ޓްވީޓުގައި ބުނެފައިވަނީ، ޖެއްސުން ކުރެވިދާނެ ކަމަށާ ނަމަވެސް އެ ޖެއްސުމުގެ ބަދަލު ފަހުން ދައްކަވަން ޖެހިވަޑައިގަންނަވާނެ ކަން ޔަގީންކުރެއްވުމަށް ޝަރީފު އަރިހުގައި ދަންނަވާ ކަމަށެވެ. އަދި އިންދެވީ ވިހަ އޮށެއް ކަމަށާ ލިބޭނީވެސް ވިހަ މޭވާކަން ހަނދުމަފުޅު ބެހެއްޓެވުމަށް ޞިއްދީގުވަނީ އެ ޓްވީޓު މެދުވެރިކޮށް ޝަރީފުއަށް ދަންނަވާފައެވެ. ޞިއްދީގުގެ ބަހުގެ ހަމަލާތަކެއް އީސީގެ ރައީސް އަށް އަމާޒުވެގެން މިދިޔައީ އިލެކްޝަންސް ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ޕީއެންސީ އުފެއްދުމަށް ހުށަހެޅި ފޯމްތަކާއި ގުޅިގެންނާ އަދި ޕީޕީއެމް އާ ގުޅިގެންވެސް ޝަރީފު ތަފާތު އެކި ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...