މަގާމާއި ހަވާލުވެވަޑައިގަތުމަށް ޑރ.ޝަހީމް ފުރާވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފުރާވަޑައިގެންފިއެވެ.

ސައުދީ އަރަބިޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ ހެޑްކުއާޓާޒްގައި މަސައްކަތް ކުރެއްވުމަށް ޑރ.ޝަހީމް ފުރާވަޑާއިގަންނެވިކަން ހާމަކުރައްވާފަައިވަނީ އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެއެވެ. އެ ޕޯސްޓުގައި ޑރޝަހީމް ވިދާޅުވެފައިވަނީ، ފުރާވަޑައިގަންނަވަނީ ކަމަށާ ނަމަވެސް ދޭތެރެ ދޭތެރެއިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް. އަދި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށާ ޢިލްމީ އެކި އެކި ފޯރަމްތަކުގައި ބައިވެރިވުމަށް ދިވެހި ޒުވާނުންނާ ރައްޔިތުންގެ ފަރާތުން ލިބިލައްވާ ދައުވަތުތައް ޤަބޫލުކުރައްވާ އިސްލާމީ ދައުވަތާއިގެން ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ޑރ.ޝަހީމްގެ އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އަދި ރާއްޖެ އާ ކިތަންމެ ދުރުގައި ހުއްޓަސް އެމަނިކުފާނުގެ ރޫހު އަބަދުވެސް ވާނީ މި ލޮބުވެތި ދިވެހި ފަސްގަނޑާއެކު ކަމަށާ އިސްލާމް ދީނާ ދިވެހި ޤައުމަށް ޚިދުމަތްކުރުން މަތީ އަބަދުވެސް ދެމި ހުންނަވާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެންމެހާ ބޭފުޅުންނަށް ފާގަތިކަމާ ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރައްވާފައިވޭ. ޑރ.ޝަހީމް އަކީ އެ ބޭފުޅެއްގެ ޚިދުމަތް ދީނީ ގޮތުން މި ޤައުމަށް ލިބިދެއްވި އެއް ބޭފުޅާއެވެ. އޯއައިސީ އަކީ މުސްލިމު 58 ގައުމު ހިމެނޭހެން އެކުލަވާލާފައިވާ އިސްލާމީ އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. އެ ޖަމްއިއްޔާ އެކުލަވާލާފައިވަނީ 1969 އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...