ޕީއެންސީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ: ޚަލީލް

ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަކީ މި ޤައުމުގެ ސިޔާސީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ޕާޓީއެއް ކަަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންއަށް ޕީއެންސީއިން ހުށަހެޅި 4،000 ފޯމްގައި މައްސަލަ ހުރި ކަމަށް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވުމުން، އެކަމާ ގުޅިގެން ޚަލީލު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ޕީއެންސީއަކީ އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ޕާާޓީއެއް ކަމަށާއި އަދި ބަޔަކު އެޕާޓީ އުފެއްދުމަށް ހުރަސް އަޅަނީ އެފަރާތްތަކުގެ ސިޔަސީ ޙަޔާތް ނިމުމަކަަށް އަންނާތީ ކަމަށެވެ. އަދި ޕީއެންސީގެ ވިސްނުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފެތުރެމުން އަންނަ ކަމަށްވެސް ޚަލީލުގެ ޓްވީޓުގައި ފާހަގަކުރައްވާފައިވެއެވެ.

އިލެކްޝަން ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ޕީއެންސީ އުފެއްދުމަށް ހުށަހެޅި ފޯމްތަކާއި ގުޅިގެން ޝަކުވާ އަންނަމުންދާ ކަމާށާއި، ޕާޓީ އުފެއްދުމަށް ހުށަހެޅުމުން އެފަދަ ގޮތަކަށް މީގެ ކުރިން ޝަކުވާ އައިސްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ފޯމުތަކުގެ ޞައްހަކަން ބެލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި. އެފަދަ މޭރުމަކުން ޝަރީފު ވާހަކަ ދައްކަވާފައިވުމުން ޕީއެންސީ އުފެއްދުމަށް އެންމެ އިސްކޮށް ހަަކާތްތެރިވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޕީއެންސީ އާއި މީހުން ގުޅެމުންދަނީ ހިތުން ރުހުމުން ކަމަށާ އެއްވެސް މަޖްބޫރުކަމެއް ނެތި ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...