މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 7 ގައި

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން އެ އިދާރާއިން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

މަޖިލީހުން ހާމަ ކުރާގޮތުގައި މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ ހަތެއްގައި ބާއްވާއިރު އެ ޖަލްސާ ބާއްވާނީ ދަރުބާރު ގޭގައި ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދި ސޯލިހު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވާނެ ކަމަށްވެސް މަޖިލީހުން ބުނެއެވެ.

ދަރުބާރު ގޭގައި ޖަލްސާ ބޭއްވުމަށް މަޖިލިހުން ނިންމަވާފައިވާއިރު މިހާރު އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީ ވަމުންދާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...