މޯލްޑިވިއަންގެ ޓިކެޓް އަގުހެޔޮކޮށް ވިއްކަން ފަށައިފި

މޯލްޑިވިއަންގެ ޓިކެޓް އަގުހެޔޮކޮށް ވިއްކަން ފަށައިފި ފޮޓޯ: އަވަސް އޮންލައިން

އުމި އެއާލައިން މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމު ވިދާޅުވީ މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކަމުންދިޔަ ދެ ފެއާ ނޯންނާނެ ކަމަށާއި ޓިކެޓް އަގު މިއަދުން ފެށިގެން ބޮޑުތަކުން އަގުހެޔޮކޮށްފައިވާނެ ކަމަށެވެ. އަދި ޓިކެޓް އަގު ހެޔޮ ކުރި ނަމަވެސް އެންމެ ދަށް ފެއާގެ ޓިކެޓްވެސް ފަސޭހަ ކަމާއެކު ލިބޭނެ ކަމަށެވެ.

މޯލްޑިވިއަން ޓިކެޓުގެ އަގުތަކަށް އައި ބަދަލު:
މާލެ - ގަން - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
މާލެ - ފުވައްމުލަށް - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
މާލެ - ހަނިމާދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު
މާލެ - އިފުރު - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
މާލެ - ދަރަވަންދޫ - މާލެ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު
މާލެ - ކުޑަހުވަދޫ - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
މާލެ - ތިމަރަފުށި - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
މާލެ - ކައްދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
މާލެ- ކޫއްޑޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު
މާލެ - ކާޑެއްދޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު


މިހާތަނަށް މޯލްޑިވިއަންއިން އެންމެ އަގުބޮޑުކޮށް ދަތުރުކުރި އައްޑޫ ސިޓީގެ ޓިކެޓް ކުރިން 3000 ރުފިޔާގައި އުޅުނު ނަމަވެސް މިހާރު ގެނައި ބަދަލާއެކު ދެކޮޅު ޓިކެޓް ނަގާ މީހަކަށް 800 ވަރަކަށް ރުފިޔާ ސަލާމަތް ކުރެވޭނެ. މޫސާ ވިދާޅުވީ ޓިކެޓް އަގުހެޔޮ ކުރުމުގައި ބަލާފައިވާނީ މޯލްޑިވިއަން އިން ދަތުރުތަށް ކުރާ ނިސްބަތަށް ކަމަށެވެ. އެގޮތުން ފްލައިޓްތަށް ގިނައިން ދަތުރު ކުރާ ހިސާބުތަކުން އަންނަ މީހުންނަށް ބަދަލުތަށް ފެންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ. 

މޫސަ ވިދާޅުވީ ޓިކެޓް އަގު ހެޔޮ ކުރުމާއި އެކު ކުންފުންޏަށް ލިބޭ އާމްދަނީ އަށް ހީނަރުކަމެއް އަޔަނުދީ އެކަން ފޫބެއްދޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ކުންފުނީގެ އެހެނިހެން ދިމަދިމާލުން ހަރަދުކުޑަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުންވެސް ކުންފުނިން ކަސްޓަމަރުންނަށް ދޭ އިތުރު ޚިދުމަތްތަށްވެސް ހަރުދަނާކޮށް ކަސްޓަމަރުން ހިތްއެދޭނެ ފަދަ ހިދުމަތެއް ދެވޭތޯ ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް މޫސަ ވަނީ ދީފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...