ގދ. ތިނަދޫގެ 2 ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކަރަންޓު ސާމާނު ފުލުހުން ހޯދައިފި

ގދ. ތިނަދޫގެ ދެ ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެތަކެތި ހޯދާފައިވަނީ، ތިނަދޫގެ ދެ ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓު ސާމާނުތަކެއް ތިނަދޫގެ ގެއެއްގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖަނަވަރީ 08 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނު ފެނިފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފަ ނުވާއިރު އެ މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...