އީރާނަށް އައި ބިންހެލުމުގައި ގިނަ ބަޔަކު ޒަޚަމްވެއްޖެ

އީރާނަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން 75 އަކަށްވުރެ ގިނަ މީހުން ޒަޚަމްވެ، ގިނަ އަދަދެއްގެ އިމާރާތްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

5.9 މެގްނެޓިއުޑްގެ ބާރުމިނުގައި އިރާނުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ކަމާށަށް ޕްރޮވިންސްގެ ގިލަންގާބް ކައިރިން ބިމުގެ 10 ކިލޯމީޓަރު އަޑިއަށް އައި އެ ބިންހެލުމާއި ގުޅޭގޮތުން އީރާންގެ މީޑިއާއެއް ކަމަށްވާ ފާސް ނިއުސް އެޖެންސީ އިން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން މަދުވެގެން 75 މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައިވާކަމަށެވެ. ނަމަވެސް މީހަކު މަރުވި ކަމެއް އަދި އެނގިފަ ނުވާކަމަށްވެސް މީޑިޔާތަކުގައިވެއެވެ. ބޭރުގެ މީީޑޔާތަަކަށް މައުލޫމާތު ދެއްވަމުން ގިލަގާބްގެ ގަވަރުނަރ ކައުރަޝް މަހުމޫދިއަން ބުނެފައިވަނީ އެ ބިންހެލުމުގެ ސަބަބުން އެ ސަރަަހައްދުގެ ގިނަ އިމާރާތްތަކަކަށްެ ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން ބިންހެލުމުގެ ސަބަބުން ގާތައް ވެއްޓި ބައެއް މަގުތައްވެސް ބްލޮކްވެފައިވާ ކަމަށާ ބިންހެލުމުގެ ލޮޅުމާއެކު އެ ސަރަހައްދުގެ ފެން ފަށަލަ އަށްވެސް އަސަރުކޮށްފައިވާ ކަމަށް ވެސް ގިލަންބާގް ގެ ގަވަރުނަރު ވަނީ ބުނެފައެވެ. އަދި ސާފު ބޯފެން އެ ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށްވެސް ކައުރަޝް ވަނިީ ބުނެފައެވެ. ބިންހެލުމުގެ ސަބަބުން ގިލަންބާގުގެ ސްކޫލުތައް ވެސް ވަނި ބަންދުކޮށްފައެވެ. ބިންހެލުމަށް ފަހު 15 ވަރަކަށް ކުދި ލޮޅުން އައި ނަމަވެސް ބާރުގަދަ ބިންހެލުމަށް ފަހު އަދި ބާރުގަދަ ލޮޅުމެއް އައިސްފައެއް ނުވެއެވެ. އީރާނަށް އައި ބިންހެލުމުގެ ލޮޅުން އަވަށްޓެރި ބައެއް ގައުމުތަކަށް އިހްސާސް ކުރެވުނު ނަމަވެސް އެހެން ގައުމަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އީރާނަކީ އާންމު ގޮތެއްގައި ބާރުގަދަ ބިންހެލުންތައް އަންނަ ގައުމެކެވެ. އީރާނަށް ގިނައިން ބިންހެލުން އަންނަ ސަބަބަކީ އީރާނަކީ ޔޫރޯ އޭޝިއާ ޕްލޭޓް ހިއްސާ ކުރާ ގައުމަކަށް ވުމުންކަމަށް ދުނިޔޭގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...