ގޯލްޑް 100 އެވޯޑް އަންނަ މަހު ބާއްވާ ގޮތައް ނިންމައިފި

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުންފުނިތަކަށް ދޭ ގޯލްޑް 100 އެވޯޑް ހަފްލާ އަންނަ މަހު ބާއްވާ ގޮތައް ނިންމައިފިއެވެ.

މޯލްޑިވްސް ގެޓް އަވޭސްގެ ފަރާތުން ބާއްވާ އެ ހަފްލާ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިނީ އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ޕެރެޑައިޒް އައިލޭންޑް ރިސޯޓުގައެވެ.

ގޯލްޑް 100 އެވޯޑްތައް ލިބޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގެޒިންގައި ލިސްޓުކުރާއިރު އެ ލިސްޓަށް ކުންފުނިތައް ހޮވާނީ ކޯޕަރޭޓް މޯލްޑިވްސް އިން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

ގޯލްޑް 100 އެވޯޑަކި ރާއްޖޭގައި ވިޔަފާރި ކުރިއަށްގެންދާ ކުންފުނިތަކަށް ކޮންމެ އހަަރު ދެމުން ގެންދާ އެވޯޑެކެވެ. އެ އެވޯޑް ދޭތާ ދެ އަހަރު ވެފައިވާއިރު މިއީ އެ އެވޯޑް ދޭ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ގޯލްޑް 100 އެވޯޑް ދީފައިވަނީ 2017ވަނަ އަހަރުގެ ފެބްރުއަރީ ގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...