އެންސްޕާގެ ބައެއް ޚިދުމަތްތައް ޖެންޑަރ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ބައެއް ޚިދުމަތްތައް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ދަށަށް ބަދަލުކުރާގޮތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަމަޖައްސަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޖެންޑަރ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައިސް ސޯލިހު ނިންމަވާފައިވަނީ އެންސްޕާގެ ދަށުން ކުރިން ހިންގަމުން ދިޔަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހަށްޓާ ފިޔަވަތީގެ ޚިދުމަތްތަކާއި ކުޑަކުދިންގެ ހިޔާގެ ޚިދުމަތްތަކުގެ އިތުރުން އަނިޔާ ލިބެމުންދާ އަންހެނުންނާއި ހާލުގައި ޖެހިފައިވާ ކުޑަކުދިން ބޭތިއްބުމަށް ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ އަމާން ހިޔާގެ ހިންގުމެވެ.

މީގެ އިތުރުން އެންސްޕާގެ ދަށުން ކުރިއަށްގެންދާ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައްވެސް ރައީސް ސޯލިހު ވަނީ ޖެންޑަރ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

ރައީސް ސޯލިހު ޖެންޑަރ މިނިސްޓްރީގެ ދަށަށް އެކިއެކި ޚިދުމަތްތައް ބަދަލު ކުރައްވަމުން ގެންދަވާއިރު އެ މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފަށް އެ ޒިންމާ އަދާ ކުރެވޭނެކަމާ މެދު ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...